Support Us

އުމުރާ ދަތުރެއް ލިބޭ "އަލައިކާ އެނގޭތަ؟" ކުއިޒް އިފްތިތާހުކޮށްފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް، ޕީއެންސީގެ ފަރާތުން ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް، "އަލައިކާ އެނގޭތަ؟" އިފްތިތާހުކޮށްފިއެވެ. މި ކުއިޒުން އެއްވަނަ އަށް ހޮވޭ މީހަކަށް އުމްރާ ދަތުރެއް ލިބެއެވެ.

ރޭ  އިފްތިތާހުކުރި މި ކުއިޒަކީ މާލެ ސިޓީގައި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މީހުންނަށް އަލައިކާ ތައާރަފްކޮށްދީ، މާލެ ސިޓީއަށް އަލައިކާ ދެކެން ބޭނުންވާ ތަސައްވަރު ވީހާވެސް ގިނަ އާއިލާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށްދާނީ މި މާރިޗް މަހުގެ 29އާ ހަމައަށެވެ.

"އަލައިކާ އެނގޭތަ؟" މި ކުއިޒްގައި ކޮންމެ ދުވަހަކު އަލައިކާއާ ގުޅޭ ސުވާލެއް ގެނެސްދޭނެއެވެ. އަދި އެ ސުވާލުގެ ޖަވާބު ކޮންމެ ދުވަހެއްގެ ރޭގަނޑު 12:00 އާ ހަމައަށް www.alaika.mv ވެބްސައިޓަށް ފޮނުވޭނެއެވެ. ކޮންމެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބު ފޮނުވާ މީހުންގެ މެދުގައި އާއްމުކޮން ހުޅުވާލައިގެން ގުރުއަތު ނަގައި، އެ ދުވަހުގެ އިނާމު ލިބޭ މީހެއް، ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިޢުލާން ކުރާނެއެވެ. އަދި ކުއިޒްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވައިފައިވާ ހުރިހާ އެންމެންގެ މެދުގައި ގުރުއަތު ނަގައި، މުޅި ކުއިޒުން އެއް ވަނަ އަށް އަންނަ މީހަކަށް އުމުރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުއިޒްގެ މީޑިއާ ޕާޓްނަރަކީ އެމް.އެމް.ޓީ.ވީއެވެ. އަދި މި ކުއިޒްގެ އިނާމުތައް ސްޕޮންސަރ ކޮށްފައިވަނީ VAV Pvt Ltd ގެ ފަރާތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *