ގައުމެއްގެ ނިސްބަތުގައި ވެވޭ އިންވެސްޓެކޭ މީ އަންހެނުން
ގައުމެއްގެ ހިއްސާ އެންމެބޮޑު އިންސައްތައީ ވެސް އަންހެނުން
ދިރިއުޅުމުގައި މުޅި ކުރިމަގަށް ދިރުމާއި އާރޯކަން ވަނީ
ދިރިއުޅުމުގައި ބައިވެރި ވެގެން އެކުގައި އުޅޭތީ އަންހެނުން
ދަރިފަސްކޮޅެއް ވެސް އުފެދިގެން ހެޔޮކަންމަތީގައި ބޮޑުވަނީ
ފައި ހަމަކުރާތީ ފިރިހެނުން ސަފުގައި ޔަގީނޭ އަންހެނުން
މުދަލާއި ފައިސާއާއި އަދި ގެދޮރާ ޙިމާޔަތްކޮށް ދެމުން،
އުފަލާ އަރާމާ ހަމަޖެހުން ހޯދައި ދެނީވެސް އަންހެނުން
މުއްސަނދިކަމާ ތަނަވަސްކަމުގެ ފުރިހަމަ ޙަގީގީ ސިއްރަކީ
މުއްސަނދިވުމުގެ މަގުދެއްކުމަށް ތިބުމުން އެކީގައި އަންހެނުން
ދިރިއުޅުމުގައި ދިރިހުރުމުގައި އުފަލެއް ނެތޭ ހަމަ ލިބިފައެއް،
ހިނިތުންވެ އޯގާތެރި އަތުން ފިރުމައި ނުދޭނަމަ އަންހެނުން
މުސްތަޤްބަލުގެ އުއްމީދަކީ މަތިވެރި ޙަޔާތުގެ ދިރުމަކީ،
"ހުސް އަތްތަކަށް ހުރި ރިޒްގަކީ" މުސްލިމް ވަފާތެރި އަންހެނުން
ދުނިޔޭން ލިބޭނޭ އެންމެބޮޑު އުފަލާ އަރާމާ ނިޢްމަތެއް،
ފުރިހަމަ ކުރަން ބޭނުންވަނީ ޞާލިޙް ވަފާތެރި އަންހެނުން

One Response
ސާބަހޭ ޝާކިރުބޭ….