Support Us

މަސްތުވާތަކެތި އެތެރެކުރި ފަސް މީހަކު އެއާޕޯޓުން އަތުލައިގެންފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަސް މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މީގެ ތެރެއިން ދެ މީހުންނަކީ އިންޑިއާއިން އައި އިންޑިއާ ދެ މީހުން ކަމަށާއި އެ ދެ މީހުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމަށެވެ. އެ ދެ މީހުން އެއާޕޯޓުން އަތުލައިގަނެއް ފުލުހުންނާ ހަވާލުކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖައިނަބު ވާޖިދު ޢަލީ، 25، އާއި މުޙައްމަދު ނަވާޒް ދަޔަތަރު، 21، އެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އެއާޕޯޓުން ތިން މީހަކު ވަނީ މި މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޢަލީ ޢިރުފާނު، 28، ގދ. ގައްދޫ، ހިތިލާގެ، އާއި ދަނޫޝްކާނދަން ގޯޕާލް، 19، އިންޑިއާ އާއި ކަތިރިވިލް މަނިމަރަން، 21، އިންޑިއާ އެވެ.

މި މައްސަލައާ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *