މަންމާ އަހަރެން އެކަނިކޮށްފާ
ފެންކަޅިވެ މިތާ މަ ރޮއްވާފާ
ފެންނަންނެތި ލޯމެރީ
ކުޑައިރުު ކާންދީ ހަދާފާ
މަޑުތަންމައްޗަށް މަ ލައިފާ
މަޑު ނާނާއެއް ކިޔައިދީފާ
ބަނޑުދަށުލައި ނިންދަވައިދީފާ
އަތުގައި ލައިގެން ހިނގާނޭ
އެކުގައި މޫދަށް އެރޭނޭ
އުނގުލައި އަތިރީގަ އިންނާނޭ
އުރުލައި ހިނގަމުން ގެއަށް ދާނޭ
ތާހިރުކޮށް ރީތިކޮށްދޭ
ޠާހިރު ފޮތްތައް ކިޔައިދޭ
ލާހިކު ކަންތައް އުނގަންނައިދޭ
ޖާހިލުނާ ދުރުވުމަށް ބުނެދޭ
މަންމާއަށް ފުއްސަވާނދޭ
މިންވަރުކޮށް ދިންނަވާނދޭ
ދަންނަވަމެ އިލާހު ހަޒުރަތުގާ
ލެއްވުން އެކަލާނގެ ރަޙުމަތުގާ
