Support Us

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކެއް ހުޅުމާލޭގައި ހިންގަނީ

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކެއް ހުޅުމާލޭގައި ހިންގަން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާއެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ތެލެސީމިއާ ސޮސައިޓީގެ ފަރާތުން، ޗެއާޕާސަން، އިމާން މުހައްމަދެވެ.

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ވެސް ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ މަސައްކަތްތަކަށް ހުޅުމާލެއިން ބޭނުންވާ އޮފީސް ޖާގަ އެޗްޑީސީން ފޯރުކޮށްދޭނެއެވެ.

"މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގްސަދަކީ، ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ތެލެސީމިއާ އާ ގުޅިގެން ރާއްޖޭގައި ލޭއަޅާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމެވެ." އެޗްޑީސީން ބުނެއެވެ.

"އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް، މުޖްތަމައުއަށް ފައިދާ ހުރި މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމެވެ."