ސްކޭމްގެ މައްސަލައެއްގައި ތ. ހިރިލަންދޫ އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ހާޒިރުވާންވީ ފަރާތުގެ މައުލޫމާތު: ޢާއިޝަތު ނާޛިރާ، 41، ނާގަލި، ތ. ހިރިލަންދޫ
އައިޑީ ކާޑު ނަންބަރު: A127886
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް
ހާޒިރުވާންވީ ތަން: ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން
ހާޒިރުވާންވީ ތާރީހު: 2026 މާރިޗު 10 ވަނަ ދުވަހުގެ 14:00 އަށް



advertisment