ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. ކެލައަށް ގެންދިޔަ އައު އިންޖީނު ބަހައްޓައި، ކަރަންޓުދޭން ފަށައިފިއެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި ކެލާއަށް ގެންގޮސް ޓެސްޓް ކުރުމުގެ މަރުޙަލާ ނިންމައި، އިއްޔެ ބޭނުންކުރަން ފެށި މި އައު އިންޖީނަކީ 600 ކިލޯވޯޓުގެ އިންޖީނެކެވެ. މީގެ ކުރިން އެ ރަށުގައި ކަރަންޓު ދެމުންއައި ކެޕެސިޓީއަކީ 600ކ.ވ ކަމަށްވުމުން އަލަށް ބެހެއްޓި އިންޖީނާއެކު، 1000ކ.ވއަށް ކެޕޭސިޓީ އިތުރުކުރެވި، މެދުނުކެނޑި ކަރަންޓު ދިނުމުގެ ޤާބިލުކަން މިހާރު ވަނީ އިތުރުކުރެވިފައި ކަމަށް ފެނަކައިން ބުނެއެވެ.
ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފާއިތުވި ހަފްތާގައި ފެނަކައިން ވަނީ މުޅިން އައު ހަތަރު އިންޖީނު އެކި ރަށްރަށަށް ފޮނުވައިފައެވެ. އަދި އެ އިންޖީނުތައް ބަހައްޓައި، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



advertisment

