Support Us

ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި އެވެ.

ޖުމްލަ ނުވަ މެމްބަރުންގެ މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)

2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން

3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން

6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން

7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް

8. ހަޔަރއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު

9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *