އަންނަ މާރިޗު މަހުގެ ނުވަ ވަނަ ދުވަހު ފެށޭ ރަމަޟާން މަހުގެ ފަހުދިހަޔާއި އީދު ބަންދާއެކު، ސަރުކާރު ބަންދު 14 ދުވަސް މި އަހަރު ލިބޭނެއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ފަހު 10ގެ ބަންދު ފެށޭނީ މާރިޗު ނުވައެއްގައެވެ. އީދަށްފަހު ސަރުކާރު އަލުން ހުޅުވޭނީ މާރިޗު 23 ވާ ހޯމަ ދުވަހުއެވެ.
ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުކުރަން ހަމަޖެއްސެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، 2024 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގައިފައެވެ.




advertisment