މެޔަށް ހިލަމެއް ނުވަންޏާ އޭ ޅެމެއް ނޫން
ލެޔަށް ސިހުމެއް ނުދެންޏާ އޭ ޅެމެއް ނޫން
އަހާ ހިނދު އޭގެ އަޑު ހިކި ހޫނު ބިންތައް
ބަހާރެއް ފަރިނުވަންޏާ އޭ ޅެމެއް ނޫން
ޝަޒާއިން އޭގެ ބަސްތީއާ މި ކައުނާ
ފަޒާ އެއްވަސް ނުވަންޏާ އޭ ޅެމެއް ނޫން
ފުނުން ކެކިގަންނަ އޮހިގެންދާ ޝުޢޫރުން
ފެނުން ހުޅުރޯނުވަންޏާ އޭ ޅެމެއް ނޫން
ވަށައިގެންވާ މި ދޭހާ ކާއިނާތާ
ނަށައި ގިސްލައި ނުރޮންޏާ އޭ ޅެމެއް ނޫން
ހިތެއްގައި އެންމެ ބައިތެއް އޭގެ އޮވެ ވެސް،
މުތެއް ހޯދަން ޖެހެންޏާ އޭ ޅެމެއް ނޫން
ވަޠަން، އަޚްްލާޤު، ދީން، ދުނިޔޭގެ މަޤުޞަދު،
ނިތަށް ރިހުމެއް ނުދެންޏާ އޭ ޅެމެއް ނޫން
މަޖަލަކަށް ނޫން މި ބުނަނީ، މީ ޙަޤީޤަތް
އަޖަލު ޖެހި މަރުވެދަންޏާ އޭ ޅެމެެއް ނޫން
