ހަރުރަށްވެހީންނަކީ ބައެކޭ ޤަދަރު ދޭންޖެހޭ
ފަރުވާވެ ހެޔޮހިތުން ކުލުނާ ލޯބި ދޭންޖެހޭ
އެއުރެން ފުށުން ލިބޭނޭ އިރުޝާދުތައް ވެޔޭ
އެއުރެންގެ ވާހަކައިން ގިނަ ޢިބްރަތް ލިބޭނެޔޭ
އެއުރެންގެ ތަޖުރިބާ މިއަދަށް ކަމުފޮޅާނެޔޭ
އެއުރެން ގެނައި ދިރުން ޤައުމަށް އަދު އެނގެންޖެހޭ
އަދު ބޭނުމީ އަރާމާ އުފަލާއި ލިބިދިނުން
ޤަދަރާއި އިޙްތިރާމުން ހިތްހަމަޖެހުން ދިނުން
މަދަދާއި ޚިދުމަތާ ފިރުމުން ލޯބިވެތި ދިނުން
ޢަދުލުން މަޤާމު ޙައްޤުވި ޤައުމުގެ ލިބެންޖެހޭ
މިޞްރާބު ގައި މި ނައު ހެޔޮ ބަނދަރަށް ގެނައި ކަމާ
އިސްލާމްކަމުން ޖަރީކުޅަ ޤައުމު ގެ އޮމާންކަމާ
ހިއްސާވެފައި މިއޮތް މިނިވަންކަން އަމާން ކަމާ
ވިސްނައިފި ނަމަ މި ހިތްތައް ޝުކުރުން ފުރެން ޖެހޭ
