
ތަހްނިއާޔާ! ހެޔޮއެދުން ތަކުރާރު ކުރަމުން މަރްޙަބާ!
ޝަރަފުވެރި ޤައުމުގެ ރައީސް ޑރ. މުޢިއްޒަށް މަރްޙަބާ!
ފަޚްރުވެރި ދިވެހީން އުފާކޮށްދިން ރިޔާސީ ތިޔަ ބަޔާނަށް،
ހަހަރުވެތި ކަމުގައި އަދާކޮށް ދަންނަވާނީ މަރްޙަބާ
ތެދު ޙަގީގީ ތެދު ބަޔާނެއް މިއަދު އިއްވާ ދެއްވެވީ،
ހެކިވަމުން މުޅި ރައްޔިތުން ކިޔަމުންދަނީވެސް މަރްޙަބާ
ކުރެވިފައިވާ ކަންކަމާ، އަދި ކުރެވެމުންދާ ކަންކަމާ،
ކުރިއަރައި ދާތަން ލޮލުން ދެކެމުންނެ ކިޔަނީ މަރްޙަބާ!
ކުރިމަގަށްވެސް ރޭވިފައިހުރި "ހާސް އެތައް ގިނަ ކަންކަމެއް"
ކުރިއެރުން ތިޔަ މާތް ޒަޢާމަތުގައި އެދޭތީ މަރްޙަބާ!
ކުރިލަމުން ހެދި ކޯދުލައި ޤައުމުގެ އެތައް މިތަނުން އަރައި،
ކުރިމަގެއް އަލި ރޯޝަނީ ކޮށް ދެއްވަވާތީ މަރްޙަބާ!
ޤައުމުގައި ހުރި "އަޑިތަކާ އަދި ހަޑިތަކާ ކުނި މިލަތަކުން"
ޤައުމު އަދު ޠޯހިރު ކުރައްވައި ދެއްވަވާތީ މަރްޙަބާ!
ފަޚްރުވެރި ދިވެހީންގެ ނަން ޝުހްރަތުވެގެން ދާނޭ ގޮތުން
އަބުރުވެރި ޖީލެއް ބިނާކޮށް ދެއްވަވާތީ މަރްޙަބާ!
ދުނިޔެއާއެކު ދަތުރުކޮށް ފައި ހަމަކުރަންދާ ޤައުމުގައި،
ދުނި އުކަން ހުންނެވި ރައީސް "ޑރ.މުޢިއްޒަށް މަރްޙަބާ!
ސާބަހާ! އައްސަރިބަހޭ! އިއްވެވި ރިޔާސީ ތިޔަ ބަޔާނަށް،
ތާ އަބަދުވެސް މަނިކުފާނު ޒަޢާމަތަށް އެދި، މަރްޙަބާ
