މަޑުމަޑުން އޭނާ އައިސް ވެއްޖޭ ހަޔާތުގެ އެއްބަޔަށް
އަޑުބަޑެއް ނީއްވާ ވަދެއްޖޭ މިހިތަށާއި މެޔާ ލެޔަށް
ފުރަތަމައިން ވިންދާއި ތޮޅެލާފައި އެކުޅެލީ ނޭވަޔާ
ހުށަހެޅިއްޖޭ ދެން އެއަށްފަހު މުޅި ހިނގާ މިފުރާނަޔަށް
ރީތިކަން އޭނާގެ ފުރިހަމަ ހަނދުފަދައިން އައި ގުނަވަމުން
ހީވިޔޭ ތަރިތައް އައިސްތިބެ ތިރިވަނީއޭ ސަޖިދަޔަށް
އެންމެ ފުރަތަމައިން އެމާ ފެނި ދެން އައީ އެމަލުގެ ވަހޭ
ދެން އެމަސްތީ މީރުވަސް ވެއްޖޭބަދަލު ފަރި ސޫރަޔަށް
ކައިރިޔަށް އޭނާ އައޭ ހަމަ ފިޔަވަޅަށް ފަހު ފިޔަވަޅުން
ކައިރިވެލަމުން ކައިރިވެލިޔޭ އެންމެ އަހުރެން ކައިރިޔަށް
ތަދުވެލީ ފުރަތަމަ ހިތަށް ދެން ބަދަލުވީ ފުންލޯތްބަކަށް
އަދު ހިތުގެ މެހުމާނަކަށް މިވަނީ ވެފާ ނުޖެހޭ ފެޔަށް
ލޯބި ދިއުމުން ނެއްޓިހައްދުން ފޮހެވުނޭ ތަކުލީފުތައް
ބޭފުޅާއޭ ކީ ކަލާ ދެން ލޯބިވެރިޔާ އޭނަޔަށް
