Support Us

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަށް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ ހަތް އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުން

  1. އަޙްމަދު ޒިޔާން، 48، މއ. ގުލްބަކާގެ
  2. ޒުހުރާ ޢަބްދުއްލަޠީފް، 54، ހ. ބްލޫސްކޫޕް
  3. އިސްމާޢީލް އައިކް މުޙައްމަދު، 19، މ. ދޮއްތަޑަފިގެ
  4. އިސްމާޢީލް ރަޝީދު، 53، ހ. ހުދުކެލާ
  5. ޙަސަން ޙަލީމް، 42، މ. ރަނިކަ
  6. އާޝިޔާ ޙަލީމް، 51، މ. ރަނިކަ
  7. ޢަލީ އީވާން، 43، މއ. އައިރީ
  8. ޢާއިޝަތު ނަޘުމާ، 44، އެތުމާގެ، ގދ. ގައްދޫ

ފުލުހުން ބުނި ގޮތުގައި މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް އައިކް މުޙައްމަދު، މ. ދޮއްތަޑަފިގެ، ފަސް ދުވަހަށް އަދި ދެން ތިބި ހަތް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް