Support Us

ކުޅިފަސް ހޯދާށޭ

ގައުމަށް ލޯތްބާ މަދަދާ ދޭން ގައުމުގެ ފަރުދުން ތެދުވާށޭ
ގައުމީޖޯޝާ ފޯރީގައި އެންމެން ގުޅި ހިންދެމިލާށޭ

ނަފުރަތުގެ ހުތުރު ލަޓިބުރިތައް ދެއަތުން ބިންދާ މުގުރާށޭ
އަފުރާދުން ތިޔަ ދަހިވެތިވީ ޚަންޖަރު ތިރިކޮށް ވަޅުލާށޭ
ސަފުތައް ޖަދަލުގެ އަތުރައިގެން ފަހަތުން ތިޔަހެން ނުދުވާށޭ

ބިމަކީ އެންމެތަކުންގެ ބިމޭ ބުންޏަސް މިހަނދާން ފުހެވިއްޖޭ
ބިމުގައި އިހު އޮތް އެކުވެރިކަން ގުޅުމާ ކުލުނާ ގެއްލިއްޖޭ
އިމުގައި ސާބިތު މަސަލަސްކަން ކުރުމަށް އެންމެން ވިސްނާށޭ

ތަޅަމުން ފޮޅަމުން ދާނަމައީ ބޭރުގެ ބާރެއް ވަދެދާނޭ
ތަނުގައި ވަކިތައް ހިއްޕާލައި މިވެހިން ގެދޮރުން ނެރެފާނޭ
މޮޔަކަން ތިޔަހުރި ދޫކޮށްފާ ހޭވެރިކަމުގައި ތެދުވާށޭ

ދައުރެއް ފެށުމުން، ނިމިގެންދާ ދައުރަށް ބަދުބަސް ނުބުނާށޭ
ތައުހީނާ ހަޑިހުތުރުބަހުން އަޑުތައް އުފުލަން ނުހަދާށޭ
ތަޢުރީފުން އަޅެ އެންމެ ބަހެއް ނަމަވެސް ދެވެރިން ބުނެލާށޭ

ލީ ލަކުނެއް ނަމަ ދުލުގެ ކަނޑިން ނުފިލާ އަބަދަށް ހުންނާނޭ
ވީ ފާރެއް ނަމަ އުންޑައަކުން ހީވޭ ހިކިގެން ފުހިދާނޭ
ވީމާ ތިޔަހެން މީރުފެނަށް ޒަހަރާ ވިހަޔާ ނާޅާށޭ

ދެމެދުގެ ހުރަހެއް ހުރި ހުރިހާ ތިރިކޮށް ވެއްޔާ މޮޑެލާށޭ
ދެމެދުން ފަހި ވައިރޯޅި ހިނގާ ޖެހުމުގެ ފުރުސަތު އޮތަދޭށޭ
މެހިގެން ގައުމާ އެކު ދީން އެދެވޭ ކުޅިފަސް ހޯދާށޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *