
ލޮލުން ފޫދުނު ކަރުނަތަކަކާ ހިތަށް ލިބިދިން އެކަނިވެރިކަން
ވުމުންވަކި މިއެކުވެރިޔާ ކުރީހާދަހާ ފުންވި އަސަރެއްތާ
އެތައް އެކުވެރިންނެއް އެކީއެކުގައި މަޖާކޮށް އުޅުނު އުޅުމުން
އެތައްގޮތަކުން ވެވޭ ހަނދުމައެކޭ މިއީ ޢިބުރަތުގެ ދަރުސެއްތާ
ވަރަށް ޤައުމީ އެހާ ހީވާގި ކަމުގައި ކަންކަމާ އުޅެމުން
ވަރަށް އަގުހުރި ނަމޫނާ ތަކެއްމޮޅު ދަނީވެސް ދެއްވަމުންތާ
އެހާ ހެޔޮލަފާ ދީލަތިވި، ދީނުގެ ކަންކަމަށް ލޯބިކުރަމުން
އެހާރެއް އަދިމިހާރެއް ނެތި އުޅުއްވާ ގޮތް ހަނދާން ވީތާ
ހަގެއް ދޮއްޓެއްގެ ބެލުންނެތި މީހުނާ ގުޅިގެން އެކީއުޅެމުން
"އަހެއް" ފަދައިން ހަލުވިކަމުގައި އުޅޭގޮތްތައް ހަނދާންވީތާ
ކިޔާޖޯކާ ނަގާމަޖަލާ އަބަދު ވެސް ހިނިތުންވެ ހުރެގެން
ފިލާނީ ކިހިނަކުން ތޯއޭ ޢުމުރުގައި ވެސް ބުނަންވީތާ
ކަލާކޯ ލައްވަވާދޭވެ ރަޙުމަތް މިލޮބުވެތިވި މަރުޙޫމަށް
އަޅާ ކުރެވޭ ދުޢާތަކުގައި ވަނީ އަބަދަށްމެ ގުޅިފައިތާ
