Support Us

މެދުނުކެނޑި ސަވާބު ލިބޭ ހެޔޮ ޢަމަލު

މިސްރުގެ ކުރީގެ ރައީސް ސާދާތު އެމަނިކުފާނުގެ މަންމާފުޅުގެ އަރިހަށް ޒިޔާރަތެއް ކުރެއްވިއެވެ. ވާހަކަފުޅު ދެއްކުވުމުގެ ތެރޭގައި މަންމާފުޅު ކުރެން ރައީސް ސާދާތު އައްސަވައިލެއްވިއެވެ. މަންމަ އަޅުގަނޑުގެ ފަރާތުން އެދޭ ވަކި ޚާއްސަކަމެއް އޮތް ނަމަ، ވިދާޅުވެ ދެއްވާށެވެ! މަންމާފުޅު ވިދާޅުވިއެވެ. ރޭޑިއޯއިންނާއި ޓީ.ވީ. އިން ބަންގީގެ އަޑުއިވޭނެގޮތް ހަދައިދީފާނަން ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުނީމާ، ބަންގީގެ އަޑު (މި ގެއަށް) ނީވޭތީއެވެ.

މަންމާފުޅު މިހެން ވިދާޅުވުމާއެކު، ހަމަ ވަގުތުން ރައީސް ސާދާތު ޓީވީގެ އިސްވެރިޔާއާ ގުޅުއްވައި، ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުން، ޕްރޮގްރާމެއް ނުވަތަ މެޗެއް މެދުކަނޑާލައިފައި ވިޔަސް ބަންގި ބަރާބަރަށް ބްރޯޑްކާސްޓްކުރުމަށް އެންގެވިއެވެ.

އެ އުސޫލު ރޭޑިއޯގައި ވެސް ވަރަށް އަވަހަށް ތަންފީޒުކޮށްފިއެވެ.  ހަމަ އެއާއެކު، އަރަބި ދުނިޔެއާއި އިސްލާމީ ދުނިޔޭގެ ޓީ.ވީ، ރޭޑިއޯ ސްޓޭޝަންތަކުން ވެސް އެގޮތަށް އަމަލުކުރަން ފެށިއެވެ.

މި ހެޔޮލަފާ އަންހެން ސާހިބާއަށް ހަމަ ހަގީގަތުގައި ވެސް ހެޔޮ ދުޢާ ޙައްޤުވެއެވެ.

ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިއެވެ.

"من سن في الإسلام سنة حسنة كان له أجرها وأجر من عمل بها من بعده لا ينقص ذلك من أجورهم شيئا" (رواه مسلم)

އިސްލާމް ދީނުގައި، އިސްވެ ހެޔޮ ޢަމަލަކަށް މަގުދައްކައިފި މީހާ އަށް އެކަން ކުރިކަމުގެ ސަވާބާއި އެކަމަށް ޢަމަލުކުރާހައި ބަޔެއްގެ ސަވާބު ލިބޭނެއެވެ. އެއީ، އެބައިމީހުންގެ ސަވާބުން އެއްވެސް މިންވަރެއް އުނިވުމަކާ ނުލައެެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *