Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތް މަރުގައި ހުރި އާދަޔާހިލާފު ކަންތައްތައް

ސުޝާންތުގެ މަރު ތަހުގީގު ކުރަމުންދާ ސީ.ބީ.އައި އިން އޭނާގެ މަރަކީ ބަޔަކު ކުރި ކަމެއްތޯ ބަލަމުން ދިޔަ ދިޔުމުގެ ތެރޭގައި އެކަމަށް ބާރުލިބޭ ހެކިތަކެއް ފެނިއްޖެއެވެ. މިގޮތުން އޭނާގެ ހަށިގަނޑު ފެނުނު ދުވަސް ނޫން ކުރީ ދުވަހު އޭނާ ފޯނު ބޭނުންކޮށްފައި ވަނީ އާދަޔާހިލާފަށް ކަމަށް އެ ބިއުރޯ އިން ބުންޏެވެ.

ސުޝާންތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ އިތުރުން އޭނާގެ ސްޓާފް މެމްބަރުންނާއި، ރަހުމަތްތެރިންނާއިވެސް ސުވާލުކޮށްފައިވެއެވެ. އެއީ އެއްވެސް މީހެއްގެ ވާހަކަ އަނެކާގެ ވާހަކައާއި ތަފާތުތޯ ބެލުމަށެވެ.

މިގޮތުން ސުޝާންތްގެ ކައްކާ ކަމަށްވާ ނީރާޖްގެ ބަހުން އާދަޔާ ހިލާފު ކަމެއް ފާހަގަވިއެވެ. މިގޮތުން އޭނާ މަރުވި ދުވަހުގެ ހެނދުނު އޭނާ ޖޫސް ތައްޓެއް ބުއިކަމަށް ނީރާޖް ބުނެފައިވީ ނަމަވެސް ޕޯސްޓްމޯޓެމް ރިޕޯޓް ބުނާގޮތުން އޭނާ އެއްވެސް އެއްޗެއް ނުބޮއެވެ.

އަދި މީގެ އިތުރުން ދިޕޭޝް ސަވާންތް އެދުވަހު 10:30 އިން ފެށިގެން މެންދުރު 1 ޖަހަންދެން ދޮރުގައި ޓަކި ޖެހި ޖެހުމަކީވެސް އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ސީ.ބީ.އައި އިން ސިފަކުރެއެވެ.

ޓައިމަސް ނިއު އިން ރިޕޯޓް ކުރިގޮތުގައި ތަހުގީގުގައި މީގެ އިތުރުންވެސް ދެކޮޅު ނުޖެހޭ ވާހަކަ ހުރި ކަމަށް ވެއެވެ. މިގޮތުން ސުޝާންތްގެ 14 ލައްކަ ރުޕީސްގެ އަގުހުރި ގަޑި އޭނާގެ ޑްރޯވަރ ތެރެއިން ގެއްލުން ހިމެނެއެވެ. އަދި މީގެ އިތުރުން ސުޝާންތްގެ ގޭގެ ތަޅުދަނޑި އޭނާގެ އާއިލާއާއި ހަވާލު ކޮށްފައިނުވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. އަދި އެންމެ ހައިރާން ކުރުވަނިވި ކަމަކަށް ފާހަގަކުރެވުނީ އާއިލާއިން ސުޝާންތުގެ ހަށިގަނޑު ބަލާ އެގެއަށް ދިޔައިރު، އެގޭގެ ސްޓާފުން އާދައިގެ މަތިން ކެއުމަށް ތައްޔާރުކުރަމުން ދިޔަ ދިޔުމެވެ.

ސީ.ބީ.އައި އިން މައުލޫމާތު ދޭ ގޮތުގައި 13 ޖޫންގެ މެންދުރު 02:22 އިން ފެށިގެން އާއިލާގެ އެއްވެސް މީހަކާ ސުޝާންތާއި ބައްދަލެއް ނުވެއެވެ. އަދި އޭނާގެ އަވަށްޓެރިން ބުނިގޮތުގައި އާންމުކޮށް އެގޭގެ ބޮކިތައް ނިއްވަނީ ފަތިހު 4 ޖަހާއިރު ނަމަވެސް 13 ޖޫން ވީ ދުވަހުގެ ރޭ 10 ޖެހިއިރު ބޮކިތައް ނިއްވާފައިވާ ކަމަށް ވެއެވެ.

މި ހުރިހާ ކަމަކާއި އެކު، މިހާރު އެންމެންވެސް އިންތިޒާރު ކުރަމުން ދަނީ ސެޕްޓެމްބަރު 17 ގައި ހާމަކުރާ އޭ.އައި.އައި.އެމް.އެސްގެ އޮޓޮޕަސީ ރިޕޯޓަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *