އައްޑު އަތޮޅާ، މުޅި ގައުމުވެސް، އަތް ދަށުން އަދި ބީވެފައި،
އައްޑު އަތޮޅާ ގައުމު، މިވަނީ އިންޑިއާ އަތްދަށު ވެފައި
އިންޑިއާޔަށް "މިލްޓްރީ ބޭހެއް" ހަދަން ދިން ބޮޑުބިމެއް
އިންވެގެން ހިތަދޫ ބިމުން "އަބޫ ހެރާ" ސަރަހައްދު ގައި
ކުޅިގަނޑެއް ރާވައި، މިއީ ހިތަކަށް އެ ބޮޑު ސަރަހައްދު ގައި
ކުޅި ބަލައިލަންވެސް ނުވަދެވޭހެން ވަށައިގެން ބަންދުކޮށް ފައި
ވާ ނުވާ އެއްވެސް ބަލައިލަން ނުވަދެވޭނެ ދިވެއްސަކަށް،
ޙާލު ހުރި ގޮތަކީ މިޔޭ "ދިވެހީން ވަނީ ވިކި" ހުސްވެ ފައި
މަތި މަތީން ގިނަ ޝީޓް ޝީޓާ ، ބިންގަރާހު ފްލޯ ތަކާ،
އަޑި އަޑީން މިހިނގާ ކަމެއް ހޯދޭނެ ގޮތްވެސް ނުފެނި ފައި
ގައުމު ދާ މިސްރާބު ނޭނގޭ އެކަކުވެސް ނެތް ގައުމުގައި،
ގައުމު ނެތުނަސް ހެޔޮ! މަގާމާ ލާރިޔަށް ދަހިވެތި ވެފައި
ރައްޔިތުން މިތިބީ ދޮޅިން އަތްވެސް ނުނެއްޓޭ ޙާލުގައި،
ރައްޔިތުންނަށް ހެދުނު ގޯހުން ދެރަވެގެން ގޮތް ހުސްވެ ފައި
ލާހިކެއް ނޫން ދެން މިކަމަކުން ނެއް ސަލާމަތް ވާކަށެއް
ލާރިޔެއް އަދި ދޭނެ ބަދަލެއް ނެތް ދިވެހި ސަރުކާރު ގައި
