Support Us

މިންވަރަށް އީމާންވުން

ކޮންމެފެށުމެއް އަންނަ ފަދައިން އޭގެ ނިމުމެއް އާދެޔޭ
ކޮންމެ ނިމުމެއްވެސް ނިމޭއިރު ދެން އެހެންފެށުމެއް ވެޔޭ

ކޮންމެ މީހަކުވެސް އުފަންވާއިރު އެހުރި މަޢްޞޫމުކަން
ކޮންމެވެސް ސަބަބެއް އެއަށް މެދުވެރިވެ ގޯސްވާގޮތް ވެޔޭ

"ކޮންމެ ބާރެއްވެސް އުފެދިގެން އަންނައިރު ޖޯޝާއެކީ"
ކޮންމެވެސް ގޯސް ޢަމަލަކުން އައިސް ބާރު ނެތިދާގޮތް ވެޔޭ

ކޮންމެ އިންސާނަކު އުޅެން ﷲ އެންގެވިމަގުވެޔޭ
ކޮންމެ އިންސާނަކު މިގޮތް ހޯދައި ބަލައި ވިސްނަން ވެޔޭ

ކޮންމެ ނިޢްމަތަކާއި ބާރެއް ދެއްވަނީ ﷲ ކަން
ކޮންވެސް ގޮތަކުން ހަނދާން ނެތުމުން އެނިޢްމަތް ގެއްލެޔޭ

ބާރުހުރި ޕާޓީ ތަކާއި، ޖަމާޢަތާއި ގްރޫޕްތައް،
ބާރުގައި އުޅެގަންނަ ގޮތަކުން ބާރު ނެތިދާ ގޮތްވެޔޭ

ދުނިޔެއަކު ބޭނުންވިހާ ގޮތަކަށް އުޅެން ފުރްސަތު ނެތޭ
ދުނިޔެ ހިނގަމުންދާ ނިޒާމަށް ވިސްނުމުން އެނގިދާނެޔޭ

ދާދި އިހަކަށްދުވަހު ދެއްވެވި ނިޢްމަތާ އާރާއި ބާރުން،
ނނނ ޚާލިޤާ މަޚްލޫޤު އޮޅުމުން ދެން، އެބާރެއް ނެތި ދެޔޭ

މިންވަރަށް އީމާންވުމޭ! ކިޔަނީ މިފަދަ ހުރިހާކަމެއް،
މިންވަރުން ހިނގަނީ ކަމަށް ރުހިގެން ގަބޫލުކުރުން މެޔޭ

"ނިޢްމަތަށް ﷲ ދެއްވާ ޝުކުރުނުކުރާ މީހުނަށް،
ބިރުބޮޑޭ! އެކަމަށް ވަޢީދުގެ ބަސްފުޅެއް އައިސްފާ ވެޔޭ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *