Support Us

ހުސް ގުސްތަރު

ވަށައިގެން ފެންނަނީ ގުސްތަރު، ފަށައިގެން އިއްވަނީ ގުސްތަރު،
ނަށައި ލަވަވެސް ކިޔައެ ގުސްތަރު، ހަށަން ބަނދެގެން ތިބެތެ ގުސްތަރު

ނުހަނު ބާރަށް މެ ކުރިއަރަމުން އުހަށް އަރަމުން އެއައިއައިހެން
ޒަހަރު ދީގެން ވިޔަސް ވައްޓާން މަކަރުވެރި މަޅިތަކެއް ލައިގެން
ފަހަރުފަހަރަށް ދެމުން އެތިކޮޅު އަހަރުމެން ބިކަކުރީ ގުސްތަރު

އެތައް ގަރުނެއްގެ މިނިވަންކަން، އެކީ ލިބި އޮތް ސިޔާދަތަކާ،
ހިތަށް އެރިހާ ގޮތަށް ވިއްކައި، މިތަން ހިބައިން ދެނީ ދައްކާ،
އެތައް މިލިއަންތަކެއް ޖީބަށް ލަމުންދޭ އާދެ! ހުސް ގުސްތަރު

ދިރުން ލިބިފައިވި މާލިއްޔަތު ޖަމާގައި ހުރި ދިރޭމާލާ
އިރުން ދެއިރަށް ދެއިރު ދަޅައަށް ބިރުންނުމެ ތިބެ ބަހައިހަދަމުން
ދިރުން ވެސް ހުއްޓުވައި، މިޔުމަށް މިހެން މަގުފަހިކުރީ ގުސްތަރު

މިއަދު އެއްވެސް ނެތޭ ބާރެއް، ނެތޭ ޝައްކެއް މިއާ މެދަކަށް
ހިޔަ ދުވަސް ވެސް ކަނޑައި ބަންދަށް، ކަމެއް އެއްވެސް ނުވޭ ޤައުމަށް
މިއަދު ޙުއްރިއްޔަތުގެ މޭވާ ކޮށައި ކާޅަށް ދެނީ ގުސްތަރު

ޓަކައި ދީނަށް ޓަކައި ގައުމަށް، މި ފަދަ ލޭބަލުތަކުން ފުރިގެން
އަރައި ޓީވީތަކުން ބާރަށް، އެ ހިނދު އާދޭސްތަކެއް ކުރަމުން
ކަރައިގެ ކޮޅަށް ބަހުސްކުރަމުން ނަފުސު ވިއްކައިލަނީ ގުސްތަރު

ކޮބައިތޯ އަދު އަމާނާތްތައް އޮބައިލީތޯ ޢަދާލަތްތައް
ނުބައި ހުރިހާ އެތައް ކަންތައް، ތަޢާރުފުކޮށް އެކަންތައްތައް
އިނބައިމެން ތިޔަ ގޮތަށް ކަންތައް ކުރާތީ ނަންދެނީ ގުސްތަރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *