Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތުގެ އޮޓޯޕްސީ ރިޕޯޓް އާދިއްތަ ދުވަހަށް ސީ.ބީ.އައި އަށް!

ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ސުޝާންތުގެ އޮޓޯޕްސީ ރިޕޯޓް ސީ.ބީ.އައި އަށް އަންނަ އާދިއްތަ ދުވަހު ހުށަހެޅުމަށް ތައްޔާރުވަމުން އެބަދެއެވެ. ދިއްލީގެ އޭ.އައި.އައި.އެމް.އެސް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން މި ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ސުޝާންތުގެ އާއިލާގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭ.އައި.އައި.އެމް.އެސްގެ ޑޮކްޓަރުންގެ ޓީމުން ސީ.ބީ.އައި އޮފިޝަލުންނާ ބައްދަލުކޮށް ރިޕޯޓާ ގުޅޭގޮތުން އާދިއްތަ ދުވަހު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެން ދެކޭ ގޮތް ބުނެދޭނީ އެއްވެސް ޝައްކެއް ނުވަތަ އޮޅުމެއް ނުވާގޮތަށް. އަދި ތެދު ހާމަކުރުމަށްޓަކައި ގާނޫނާއި ގަވާއިދުގެ މަތިން،" މި ޕެނަލް އިން އެން.ޑީ.ޓީ.ވީއަށް މައުލޫމާތު ދެމުން ބުންޏެވެ.

ޑޮކްޓަރުންގެ ޕެނަލުން މި ރިޕޯޓް ހެދުމުގައި ހުރިހާ ކަމަކަށްވެސް ރިއާޔަތް ކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ. އަދި ވަކި ހިޔާލަކަށް ނުވަތަ ޝައްކެއްގެ މައްޗަށް ގޮސް ހުސްވެފައި ނުވާނެ ކަމަށްވެސް ބުންޏެވެ. މިގޮތުން ސުޝާންތުގެ އެތެރެހަށީގެ ގުނަވަންތަކުގެ ރިޕޯޓް ހުކުރު ދުވަހު ނިމޭނެކަމުގެ މައުލޫމާތު ލިބެއެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު އޭނާގެ ގޭގައި މަރުވެފައި އޮއްވާ ފެނުމުން، ފުލުހުން ވަނީ އޭނާ އަމިއްލައަށް މަރުވީ ކަމަށް ނިންމާފައެވެ. އަދި މިކަމަށް މަގުފަހިކުރުވި ކަންތައްތަކުގެ ތެރޭގައި ޑިޕްރެޝަން، ފިލްމީ ދާއިރާގެ ނުފޫޒު އަދި ދުޝްމަނުންގެ އުނދަގޫ އިތުރުވުން ހިމަނާފައިވެއެވެ.

ފުލުހުން އާންމުކުރި ޕޯސްޓްމޯޓަމް ރިޕޯޓުގައި ވާގޮތުން ސުޝާންތު މަރުވީ ދަންޖެހުމުގެ ސަބަބުން ނޭވާ ނުލެވިގެންނެވެ. އަދި އިތުރު އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

ސުޝާންތުގެ މަރަށް މަހެއް ފުރުމާއެކު، އޭނާގެ ބައްޕަ ކޭ.ކޭ ސިންގް ވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާފައެވެ. މިގޮތުން ސުޝާންތަށް ބޭވަފާތެރިވި ކަމަށާއި، ބޭސް ކާންދީ، އޭނާގެ މަރުގައި ބައިވެރިވި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ތަހުގީގުތައް ސީ.ބީ.އައި އާ ހަވާލުކޮށްފައެވެ. މި މައްސަލައިގައި އިތުރު ހޯދުންތަކެއް އޮޓޯޕްސީ ރިޕޯޓާއެކު އެނގިގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *