Support Us

ބޯވަ- ދަރިންނަށްޓަކައި ފުރާނަ ދޫކޮށްލާ ކުލުނެއްގެ ވެރި މަހުލޫގެއް

އަންހެން ބޯވަ މަރުވަނީ މައިވަންތަ ކުލުނުގައިކަން އެނގޭ ހެއްޔެވެ؟

އެ ސޮރު ބިސް އެޅުމަށް ފަހު އެ ބިސްތައް ދޫކޮށް ނުދެއެވެ. އެ ތާނގައި މަޑުކުރެއެވެ. ހިމޭނުން އިނދެއެވެ. ބިސްތައް ބަލަމުން ގެންދެއެވެ. ވަރުބަލިކަމެއް ނެތިއެވެ.

ނުއެއް ކައެވެ. ނުއެއް ނިދައެވެ. މުޅި ދިރިއުޅުން ހަނިކޮށްލަނީ އެންމެ އަމާޒަކަށެވެ: ދަރިން ރައްކާތެރި ކުރުމަށެވެ.

ވަރުބަލިވެފައިވާ ފައިތަކުން ކޮންމެ ބިހެއްގައި "އަތްލައެ"ވެ. އޮކްސިޖަން ގޭސް ދިނުމަށެވެ. ހޫނުކަން ފޯރުވައިދޭށެވެ. ބިސްތަކުގެ ފުރާނަ ރައްކާތެރި ކުރުމަށެވެ.

އެ ސޮރު ނޭވާލަމުން ދަނީ ހަމައެކަނި އެ ބިސްތަކުގެ ހައްގުގައެވެ.

މަޑުމަޑުން އެ ސޮރުގެ ހާލު ފަނޑުވަމުންދެއެވެ.

އެ ސޮރު ދިރިހުންނަނީ އަމިއްލަ ނަފުސަކަށް ނޫނެވެ. އެ ސޮރު ދިރިހުންނަނީ ދަރިންނަށްޓަކައެވެ.

ދެން އެ ތުއްތު ދަރިން އެންމެ ފަހުން ކަނޑަށް ލޯ ހުޅުވައިލައި، ދުނިޔެއަށް ފެތުރެން ފަށާއިރަށް އެ ސޮރުގެ ލޯ މަރައިލައެވެ. ހިތާމައަކުން ނޫނެވެ. ނަމަވެސް އަމާންކަން ލިބުމުންނެވެ.

އެ ސޮރުގެ ހަޔާތުގެ ދަތުރު އެ ހިސާބުން ފުރިހަމަވީއެވެ. އެ ސޮރަށް ދެވޭނެ ހުރިހާ ހިދުމަތެއް ދިނީއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެނެވެ.

އިންސާނުންގެ ތެރެއިން މަޔަކަށް ވާ މީހުން މަރުވަނީ ބޯވަ ފަދައަކުން ނޫނެވެ. އެކަމަކު އެ މީހުންގެ ހަޔާތް ވެސް ކޮންމެ ދުވަހެއް ދާ ވަރަކަށް ފަނޑުވަމުންދެއެވެ. ހިމޭންކަމާއެކުއެވެ. ލޯތްބާއެކުއެވެ.

މައިން އަހަރެމެން ދާ މަގުން އެއްކިބާވެގަންނަނީ އަހަރެމެން ކުރިއަށް ދިއުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

މައިން އެ މީހުންގެ ކަރުނަތައް ނުދައްކަނީ އެ މީހުންގެ ވޭން އަހަރެމެންނަށް ތަހައްމަލު ކުރިޔަ ނުދިނުމަށެވެ.

އެ މީހުންގެ ހަށިގަނޑު ތެރޭގައި "ބޯކޮށް ވާރޭ ވެހުނަސް" އެ މީހުން ތިބެނީ ހިނިވަރުނަ ކޮށްގެންނެވެ.

އެ މީހުންގެ ހުވަފެންތައް ދޫކޮށްލަނީ އަހަރެމެންނަށް އަހަރެމެންގެ ހުވަފެންތަކުން އަހަރެމެންގެ ނަފުސު ފުރައިލަން ފުރުސަތު ދޭށެވެ.

އެއީ ކޮންމެހެން އެ މީހުންގެ ވާޖިބެއް އަދާ ކުރުމުގެ ނިޔަތަކު ނޫނެވެ. ހަމައެކަނި ލޯބިންނެވެ. އަނބުރާ އެއްވެސް އެއްޗެއް ބޭނުން ނުވާ ފަދަ ލޯތްބަކުންނެވެ. އަހަރެމެން ހަމައެކަނި އުފަލުގައިވާ މަންޒަރު ދެކެން ބޭނުންވާ ފަދަ ލޯތްބަކުންނެވެ.

ހުރިހާ ކަމެއް އަހަރެމެންނަށްޓަކައި ދޫކޮށްލާ މައިން ތިބެއެވެ. އެއްވެސް ޝަރުތެއް ނެތިއެވެ. އެއްވެސް ހައްދެއް ނެތިއެވެ. ހަމައެކަނި ލޯބިންނެވެ. އަހަރެމެންނަށްޓަކައި ހުރިހާ ކަމެއް ހުސްކޮށްލައިގެންނެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *