Support Us

އިރާންގެ ނިއުކްލިއަ މަރުކަޒެއް

އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތައް ބަލަން އައި.އޭ.އީ.އޭއިން އަލުން އެދެފި

އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތައް އަލުން ބެލުމަށް، ނިއުކްލިއަ ހަކަތަ ބަލަހައްޓާ ބައިނަލްއަގުވާމީ އިދާރާ އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)އިން އެދެފިއެވެ.

މި ދިޔަ ޖޫން މަހު އިސްރާއީލާ އެމެރިކާ ގުޅިގެން ހަމަލާ ދިން ދެ މަރުކަޒު ކަމަށްވާ ފުރުދޫ އަދި ނާތާންޒު ބެލުމަށް ވެސް އެ އިދާރާއިން އެދުނީ ވީ އެންމެ އަވަހަކަށް އެ ކަމަށް މަގުފަހިކޮށްދިނުމަށާ އެކުއެވެ.

މި ވަގުތުން ވަގުތަށް ވެސް ހަތް މަރުކަޒެއް ޗެކު ކުރުމަށް އެދުނީ ހަމަލާތަކަށް ފަހު، ނިއުކްލިއަ ހަތިޔާރު ހެދިދާނެ ފެންވަރަށް ޔުރޭނިއަމް މާއްދާ ފައްކާކޮށްފައިވާ ސްޓޮކް ޔަގީން ކުރުމަށް ކަމަށް އައި.އޭ.އީ.އޭއިން ބުންޏެވެ.

"މި ކަން ކުރުމަށް މިހާރު ވެސް މާ ލަސްވެއްޖެ،" އެ އިދާރާއިން ބުންޏެވެ.

މައިގަނޑު ދެ މަރުކަޒު ކަމަށްވާ ފުރުދޫ އާއި ނާތާންޒު ބަލަނީ ކުރިން ޔަގީންކަން ދީފައިވާ ނިއުކްލިއަ މާއްދާ އެ ދެ ތާނގައި ހުރުމުން އެ ކަން އަލުން ޔަގީން ކުރުމަށެވެ. އަދި ސުލްހަވެރި ބޭނުންތަކުގެ ބަދަލުގައި ނިއުކްލިއަ ހަތިޔާރު އުފެއްދުމަށް އެ ތަކެތި ބޭނުންކޮށްފާނެތީ ކަމަށް އައި.އޭ.އީ.އޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ނިއުކްލިއަ ބޮން ހެދޭ ފެންވަރަށް ފައްކާކޮށްފައިވާ ޔުރެނިއަމް ސްޓޮކަކީ "ސީރިއަސް މިންވަރަކަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ. އެ ގޮތުން މި ސްޓޮކް ބޭނުންކޮށްގެން އެންމެ ގިނަ ވެގެން 10 ނިއުކްލިއަ ބޮން އުފެއްދިދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިރާނުން ބުނަނީ އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އައި.އޭ.އީ.އޭއާ މުއާމަލާތް ކުރުން އިރާނުން ހުއްޓައިލީ އިސްރާއީލާ އެމެރިކާ ގުޅިގެން ދިން ހަމަލާތަކަށް ފަހުއެވެ. އެއާ ވިދިގެން މި ދިޔަ ސެޕްޓެމްބަރުގައި އެ އިދާރާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އިރާނާ ދެކޮޅަށް އަލުން އަޅައިފައެވެ. މި ކަމުގެ ސަބަބުން އިރާންގެ ނިއުކްލިއަ މަޝްރޫއު އޮތް ހިސާބު ޗެކު ކުރުމަށް އައި.އޭ.އީ.އޭއަށް ދަތިކަމަކަށްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *