Support Us

ޞަންޢާތަ ނޫނީ ހައިފާތަ؟

އަޙުމަދު މަޠަރުގެ ޅެމަކުން ތަރުޖަމާކުރައްވައި މި ޚިޔާލުދެއްވީ: ޑރ. ޢ. ޣަފޫރު

ކުރިޔާ ފަހަށް ބައެއް ޚިޔާލު އިތުރުކޮށް ދިވެހިބަހުން ޅެންހެދީ: ޢ. ޢަޒީޒު ޖަމާލު އަބޫބަކުރު

ނަމުން އެ ކިޔާ ސިޔާދަތަކާ މި ޤައުމުގެ މުސްތަޤިއްލުކަމާ
ވަމުންދާ ގޮތް، ވެފައިވާ ގޮތް ދެކެން ފަތްފުށްތަކަށް ބަލަމާ!

ޣަރާމީ ދިރިއުޅުން އެދިގެން، ޙަލާލަށް ބެލުމަކާ ނުމެލައި
އަރާމާ ދުނިޔަވީ އުފަލާ އަދައިގެން އުޅުނު ގޮތް ދެކެލައި!

********************

دخل الحاجب قصر الوالي على استحياء

ވަނީ ދޮރުވާނު، ގަނޑުވަރަށޭ އެއީ ވެރިޔާގެ ގަނޑުވަރެކޭ
ވަނީ ލަދުވެތިކަމާ އެކުގައި ވަރަށް ޖެހިލުންވެ ހުރެ، އެކެކޭ

كان الوالي يرقص بين جواري القصر

ނަށައި ނެއްޓެވުމުގައި ވެރިޔާ ވިޔޭ އެކަކަށް އެތާ ހުރެގެން
ވަށައިގެން ޖާރިއާއިންތައް ނަށައިނެގިޔޭ ރަހާ ގުޅިގެން

دون ثياب ………… دون حياء

ވިޔޭ ޙައިރާން ހެދުންކޮޅަކާނުލައި ހުންނެވި ރަހުންފެނިފައި
ވިޔޭ ލަދުވެތިކަމުގެ ފަރުދާ އެކީ އެއްލައި މުޅިން ލެވިފައި

قال الحاجب يا مولانا : قد سقطت صنعاء

އެހިނދު ދޮރުވާނު ލުއި އަޑަކުން މަޑުން ދެންނެވިއެ ތަޢުޡީމުން
މިހިނދު ޞަންޢާގެ ޙާލަތު ވެއްޓިފައި މިވަނީ ނުވިސްނެވުމުން

قال الوالي ببله واضح : ماذا !؟ هل سقطت هيفاء

ވިދާޅުވި މަސްތު ޙާލަތުގައި އަމަލުވެ ހުންނަވައި ވެރިޔާ
(ވިދާ ދޮން ރީތި) ހައިފާ ވެސް ވަނީހޭ ވެއްޓިފައި ދަރިޔާ؟

أحضروا كادرنا الطبي  واستدعوا جميع الحكماء

ގޮވާށޭ އެންމެހައި ބޭސްވެރި ޙަކީމުންނާއި ޑޮކްޓަރުނަށް
ގޮވައިގެން އެންމެނާ އެކުގައި އައިސް ޙާޒިރުވެލާ މި ތަނަށް

استدعوا فرق الإنقاذ  واستدعوا جميع العلماء

ކޮބާ ރަތްހަނދުފަޅީގެ ވެރީން؟ ސަލާމަތްތެރި ޖަމާޢަތްތައް؟
އެބައިމީހުން ފަދައިން އަވަހަށް ގެނޭ ޢިލްމިއްޔަ މީހުންތައް.

يا مولانا  لم تسقط أبدا هيفاء

(އަލުން ދެންނެވި އެ ދޮރުވާނާ) އެމާތް ލޮބުވެތިވި ވެރިޔާއަށް
މަލެއް ފަދަ ރީތި ހައިފާއެއް ނުވެއްޓެޔެ އާދެ ބިންމައްޗަށް

بل صنعاء

އެހެންނަމަވެސް މި ޞަންޢާއޭ އިނގޭތޯ އާދެ! ކުރިމައްޗަށް-
އެހެން ހުރެ ދަންނަވައިލިޔެ ސާހިބާއަށް އާދެ! މަތިމައްޗަށް

رفع الوالي سرواله : من صنعاء ؟

ނަގައި ހަޅުވާޅު ދެން މައްޗަށް ނިވައި އޮރިޔާންމެ ކޮށްލައިފައި
އަހައިލިޔެ ސާހިބާ، "ޞަންޢާއަކީ ފަހެ ކާކުހޭ" ބުނެލައި

أهي تغني ؟؟ أهي ترقص ؟؟

"އެކަކުވެސް ފަހެ ކިޔައިދޭހޭ ނަޝީދެއް ރީތި ޞަންޢާއަށް
އެ ކަމުގައި އެންމެހައި ޙޫރުން ނަށައިވެސްދޭހެ ހަމަރަނގަޅަށް

މިހާ ހަމަ ރީކޮށް ޞަންޢާ ކިޔާން ލަވަ ވެސް ދަނޭހެއްޔޭ
މިހާ ފުރިހަމަ ނެށުންތަކުގައި ކުރާން ފައިހަމަ އެނގޭހެއްޔޭ؟

هل هي فاتنةٌ حسناء

ކިހައި ހިތްގައިމު ކުއްޖެއްހޭ ކިޔާ ޞަންޢާއަކީ ތިޔައީ؟
އެހައި ގަދަ ޖާޒުބީ އަސަރެއް ކުރީމާހޭ ކަލޭ ތި އައީ؟

يا مولانا هي عاصمة الحكمة

މަސާހިބު މާތް ރަދުން އަރިއަހު އެހެންނެއް ނޫން މި ދަންނަވަނީ
އެއީ ޙިކުމަތުގެ ވެރި، ވެރިކަންކުރާ ރަށް ކަމު މި ދަންނަވަނީ

ببلاد الأدباء

ރަށަށް ކިޔަނީ އެ 'ޞަންޢާ’އޭ، އެއީ ވެރިރަށް މި ރާއްޖޭގައި
ދަށަށް ދާތަން މިއަދު ފެނުނީ އަދީބީ ވާސައޭ އެކުގައި

تدعى مولانا صنعاء

މަގޭ ސާހިބުގެ ހިރިޔާފާތުރާގައި ހުރެ މި ދަންނަވަނީ
އަގޭ ބޮޑުވީ އެ ޞަންޢާއޭ މިއަދު ނެތި ގެއްލިގެން އެ ދަނީ

صدم الوالي وقال بغضب

ވަރަށް ގަދައަށް ސިހުން ލިބި ސާހިބާ ކޯފާވެފައި ރަނގަޅަށް
ވަރަށް ބާރަށް ވިދާޅުވެ އިއްވި ބަސްފުޅު ވެސް ދަމާ ރާގަށް

تقطع هذا المرح علينا

މިއޮއް ވަރުގަދަ މަޖާކުރުމާ އުފާވެރިކަން ނަގައި ތިޔަލީ
ފިޔޮއްގަނޑަކަށް ވުރެން އަގުދަށް ރަށާ މެދުހޭ ތި ވިސްނައިލީ

تدخل قصري بكل غباء

އަދަބުވެރިކަން ނުވެސް ނެތި ގަނޑުވަރަށް ޙުރުމަތް ކަނޑައި ވަދެފައި
މަދަދުވެރިކަން ނުވެސްދީ  ތިޔަ އައީ އެކަމަށްހެ ވިސްނައިފައި؟

وتخوفني على هيفاء

މިހާ ކުޑަކުޑަކަމެއް ބޮޑުކޮށް ބިރެއް ދެއްކީހެ ދޮރުވާނާ؟
އެހާ ނަލަ ރީތި ހައިފާއަށް ވެފައި ހުއްޓައިހެ ދީވާނާ؟

ماذا إن سقطت صنعاء ؟

ސިޔާދަތަކާއި މިނިވަންކަން އެއީ ފަހެ ކީއްކުރާ އެއްޗެއް؟
ކިޔައިދޭށޭވެ! ސަންޢާ ވެއްޓުނަސް ވާނޭހެ ވަކި ދައްޗެއް؟

ماذا إن سقطت صنعاء ؟

ހަލާކުވެދާށަ ވެރި ރަށްތައް ބަލަން ތިބެލާށަ ހުރިކަންތައް
ހަލާކުވެ ވެއްޓިގެން ދާށިއެ، މަށާ ކީކީހެ ތިޔަ ކަންތައް

ولتحيا بغنجٍ هيفاء

ދިރުން ލިބެދޭށެ ހައިފާއަށް އެހީތެރިވާށެ އޭނާއަށް
ބިރުން ނުތިބޭށެ ހަމަ އެކަކަސް ވަފާތެރިވާށެ ހައިފާއަށް

********************

މި ޅެން "މާޒީ" މި ލިޔެ ނިންމީ ޚިޔާލެއް ޢަރަބި ހޯދައިގެން
އުޅެން ރަނގަޅަށް ކުރާންވީދަސް، އެއިން ޢިބްރަތްމެ ހޯދައިގެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *