Support Us

ސުލްހައަށް ގޮވައިލައި ވަރަކަށް އިސްރާއީލުގެ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުން: ލުބްނާން

ސުލްހަ ވާން ގޮވައިލައި ކޮންމެ ފަހަރަކު އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަ ކުރަމުންދާ ކަމަށް ލުބްނާނުން ބުނެފިއެވެ.

"ސުލްހަވެރި މަޝްވަރާތަކަށް ލުބްނާނުން ގޮވައިލައި ކޮންމެ ފަހަރަކު އިސްރާއީލުން ދޭ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުން،" ލުބްނާންގެ ރައީސް ޖޯސެފް އައުން ވިދާޅުވިއެވެ.

އިސްރާއީލުން މިއަދު ދިން ހަމަލާތަކެއްގައި ލުބްނާންގެ ދެކުނު ސަރަހައްދުން އެކަކު މަރުވެފައިވާ ކަމަށް ލުބްނާނުން ބުންޏެވެ. މިއީ މި ދިޔަ އަހަރުގެ ނޮވެމްބަރު މަހު ގާއިމު ކުރި ހަމަލާ ބަދަލު ކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ހިލާފު އަމަލެކެވެ.

މިއަދުގެ ހަމަލާ އިސްރާއީލުން އަމާޒު ކުރީ އެއްގަމު އުޅަނދަކަށެވެ. މި ހަމަލާ ދިނީ ދެ ގައުމުގެ ގުޅުން ގޯސްވެ ކޮންމެ ދުވަހަކުހެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބައެއްގެ ގޮތުގައެވެ.

އިސްރާއީލުން ބުނަނީ އިސްރާއީލުން ވައިގެ ހަމަލާތައް ދެނީ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރުތަކަށް ކަމަށެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ލުބްނާނުން ވަރަށް ބޮޑަށް ފާޑު ކިޔަމުން ދެއެވެ.

މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވައިލަމުން ދެއެވެ.

އެމެރިކާގެ މަންދޫބު ޓޮމް ބަރަކް ބުނީ ހިޒްބުﷲގެ އަތުން ހަތިޔާރުތައް އަތުލައި އދ.ގެ ގަރާރުތަކަށް ލުބްނާނުން ބޯލަނބަން ޖެހޭނެ ކަމަށެވެ.

"ދެކުނު ލުބްނާންގައި ހުރި (ހިޒްބުﷲގެ) ހާހުން ގުނައިލެވޭ ރޮކެޓްތަކަކީ އިސްރާއީލަށް ހުރި ބިރެއް،" އޭނާ އިންޒާރު ދިނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *