Support Us

މަޔޯ ކްލިނިކްގެ ތަޖުރިބާކާރުން ބައިވެރިވި ވޯކްޝޮޕްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވައިފި

ދުނިޔޭގެ އެއްވަނަ ހޮސްޕިޓަލްގެ ގޮތުގައި މަޝްހޫރުވެފައިވާ އެމެެެެެރިކާގެ މަޔޯ ކްލިނިކްގެ ތަޖުރިބާކާރުން ބައިވެރިވި ވޯކްޝޮޕްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި ވިލާ ކޮލެޖާއި މަޔޯ ކްލިނިކް ގުޅިގެން މި މަހުގެ 3-4 އަށް ބޭއްވި IMERC2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތަކުގައި މަޔޯ ކްލިނިކްގެ ބައިނަލްއަޤްވާމީ އިސް ތަޖުރިބާކާރުން ބައިވެރިވިއެވެ.

މި ވޯކްޝޮޕްތައް ފެށިގެން ދިޔައީ މަޔޯ ކްލިނިކްގެ ފެމިލީ މެޑިސިން އިންސްޓްރަކްޓަރ، ޑރ. އެރިކް ލެވޭލް ލީޑު ކުރެއްވި ޕޮއިންޓް-އޮފް-ކެއަރ އަލްޓްރާސައުންޑް (ޕީ.އޯ.ސީ.ޔޫ.އެސް) ވޯކްޝޮޕަކުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް އަދި ރޭޑިއޮލޮޖީގެ ހެޑް، ޑރ. ކަންޗަން ދުންގަލް އަދިކާރީގެ އިފްތިތާޙީ ބަސްފުޅަށްފަހު، ޑރ. ލެވޭލް ވަނީ ބެޑްސައިޑް އަލްޓްރާސައުންޑްގެ އަސާސީ އުޞޫލުތަކާއި ކްލިނިކަލް ބޭނުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

ދެވަނަ ދުވަހު ބޭއްވީ މަޝްހޫރު ރޭޑިއޮލޮޖިސްޓް އަދި ވެސްކިއުލަރ މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ހަރަލްޑޫރ ބްޔާނާސަން ހިންގެވި އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ވޯކްޝޮޕެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ތަޢާރަފުކޮށް، އައި.އެމް.އީ.އާރް.ސީ.ގެ އޯގަނައިޒަރ އަދި މަޔޯ ކްލިނިކްގެ ވެސްކިއުލަރ މެޑިސިން ކޮންސަލްޓަންޓް، ޑރ. ރައްޔާ އަޙްމަދު ޞާދިޤްގެ ހިޔާލުތައް ހިމެނުނު މި ސެޝަންގައި ވަނީ މުހިންމު އުޞޫލުތަކެއްގެ ޢަމަލީ ތަމްރީނު ދީފައެވެ. މީގެ ތެރޭގައި ޕޯސްޓް-ސީ.އޭ.ބީ.ޖީ. ފެމޯރަލް އާޓަރީ ޕްސޫޑޯއެނިއުރިޒަމް މެނޭޖްކުރުމާއި، ޕެރިފެރަލް ވެސްކިއުލަރ ޑޮޕްލަރ އެސެސްމަންޓް، އަލްޓްރާސައުންޑް-ގައިޑެޑް ވެސްކިއުލަރ އެކްސެސް، އަދި ޑައިލިސިސްއަށް ވެސްކިއުލަރ މެޕިންގ ހިމެނެއެވެ.

"މަޔޯ ކްލިނިކާ ގުޅިގެން ބޭއްވި މިފަދަ އެއްބާރުލުމުގެ ވޯކްޝޮޕްތަކުން ދައްކުވައިދެނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށާއި، ދެމިގެންދާ ޕްރޮފެޝަނަލް ތަރައްޤީގެ ޒަރީޢާއިން ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ދެމުންގެންދާ ބޮޑު އަހައްމިއްޔަތެވެ." ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބަޔާނެއްގައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ދިނުމަށްޓަކައި، އެ ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ތަމްރީނުތަކަށް އިންވެސްޓްކުރާ ކަމަށެވެ. މަޔޯ ކްލިނިކާ ގުޅިގެން ބޭއްވި މި ވޯކްޝޮޕްތަކަކީ މި މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި، މިއީ ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށްޓަކައި އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތައް ދިގުދެމިގެންދާ ގޮތަށް ތަރައްގީކުރުމަށް ހޮސްޕިޓަލުން ވެފައިވާ ވަޢުދެއްގެ ހެއްކެއް ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *