Support Us

ބީ.އެމް.އެލްގެ އެހީތެރިކަމާއެކު ވަރަ އެކްސްޕޯ ފަށައިފި

ބީ.އެމް.އެލްގެ އެހީތެރިކަމާއެކު ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މަޤްސަދަކީ ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރގެ ހައިސިއްޔަތުން ބީއެމްއެލް އިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ޚާއްސަ ސްޓޯލެއް ގާއިމުކޮށްފައެވެ. މި ސްޓޯލުން ބޭންކުގެ އިންޓަރންޝިޕް ޕްރޮގްރާމާއި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައްވެސް ހިއްސާކުރާނެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއަރ ގައިޑެންސް އާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެއެވެ.

ފާއިތުވި އަހަރުގެ އެކްސްޕޯއަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. މި އަހަރުގެ އިވެންޓް ހޮނިހިރު ދުވަހުގެ ރޭ 10:0] އާ ހަމައަށް ކުރިއަށްދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *