Support Us

އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް (ކ) ކޮއްކޮ އެންޑްރޫއާއެކު

އިނގިރޭސި ޝާހީ ލަގަބު ނަގައިފައި އެންޑްރޫ "އަރުވައިލައިފި"

އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއްގެ ކޮއްކޮ އެންޑްރޫ ވިންޑްސާގެ "ޝެހެޒާދު" ލަގަބު ނަގައިފައި ގަނޑުވަރުން ބޭރުކޮށްލައްވައިފިއެވެ.

ޖިންސީ ޝިކާރަކުރާ މީހަކާ ރަހްމަތްތެރިކަން ބޭއްވުމުން ރައްޔިތުންގެ ނުރުހުން އަމާޒުވުމުން އުމުރުން 65 އަހަރުގެ އެންޑްރޫ "އަރުވައިލެއްވީ" އާއްމުންނަށް ފެންނާނެހާ ފާޅުކަން ބޮޑު ނޫން ގެއަކަށެވެ. އެއީ ތިން ކޮޓަރީގެ ތަނެއް ކަމަށް ވިޔަސް އެންޑްރޫއަށް ދެން އުޅެން ޖެހޭނީ ކުރިން އުޅުނުހައި އަރާމުކޮށެއް ނޫނެވެ.

"މިއީ ޗާލްސްގެ ވެރިކަމުގައި މިހާތަނަށް އެޅުއްވި އެންމެ ބޮޑު ފިޔަވަޅު،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

ރައްޔިތުން ހިތްހަމަޖެއްސެވުމަށްޓަކައި ޗާލްސް ނިންމެވީ ދައުލަތުން ހަރަދު ކުރުމުގެ ބަދަލުގައި އެންޑްރޫގެ ހުރިހާ ހަރަދުތަކެއް މީގެ ފަހުން ޗާލްސް އަމިއްލަ ޖީބުން ކުރައްވައިށެވެ.

އިނގިރޭސި ވިލާތުގެ މީޑިއާތަކުން ބުނީ ޗާލްސް ބޭނުންވެ ވަޑައިގަންނަވަނީ އިނގިރޭސި ރަސްކަމުގެ ގަދަރު ހިފަހައްޓަވަން ކަމަށެވެ.

އިނގިރޭސި ޝާހީ އާއިލާގެ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުނީ މިއީ އެންޑްރޫއާ އެންމެ ފަހުން ފެއަށް ޖެހިވަޑައިގަންފިކަން ދެއްކެވުމަށް ޗާލްސް އެޅުއްވި ރަމްޒީ ފިޔަވަޅެއް ކަމަށެވެ.

ހުކުމްކޮށްފައިވާ ޖިންސީ ޝިކާރަވެރިޔަކާ ރަހްމަތްތެރިކަން ބޭއްވުމުން އެންޑްރޫގެ އެ މައްސަލަ އެތައް އަހަރުތަކަކަށް ރައްޔިތުންގެ ސަމާލުކަމުގައި ދެމިގެންދިޔައެވެ. އަދި އެންމެ ފަހުން ޚުދު އެންޑްރޫ ވެސް ވަނީ އޭނާއާ ދެކޮޅަށް އަންހެނަކު އުފުލި ޖިންސީ ޝިކާރައަކަށްވިކަމުގެ މަދަނީ މައްސަލައެއް އަމިއްލައަށް ނިންމައިފައެވެ. ނަމަވެސް އެއީ އޭނާގެ ކުށެއް ނެތް ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *