Support Us

ޖަމޭކާ، ހައިޓީއަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތޫފާނެއް، 50 މަރު

އެޓްލާންޓިކް ކަނޑުގައި އޮންނަ ދެ ޖަޒީރާ ކަމަށްވާ ހެއިޓީ އާއި ޖަމޭކާއަށް މަލިސާ ނަމަކަށް ނަން ދީފައިވާ ތޫފާނުގައި 50 މީހުން މަރުވެފައިވާއިރު މިއީ "ކްލައިމެޓް ޗޭންޖް" ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި "ހަރިކޭނެ"އް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ވަރުގަދަ މަލިސާ ކެރިބިއަން ސަރަހައްދަށް އަރައިފައިވާއިރު އިތުރު މީހުން މަރުވުން އެކަށީގެންވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ. އަދި ކްލައިމެޓް ޗޭންޖް މައްސަލައެއް ކަމަށް ބެލެވޭތީ ބައިނަލްއަގުވާމީ އެހީ އާއި ކާރިސާތަކަށް ތަސައްލީ ލިބޭނެ ކަހަލަ ފައިސާ ފޯރުކޮށްދިނުމަށް ދެ ގައުމުން އެދުނެވެ.

ޖަމޭކާގެ ބައެއް ޓައުންތަކުގައި 90 ޕަސެންޓް ފުރާޅު އެއްލައިލައިފައިވާއިރު އެ ޖަޒީރާގެ 60 ޕަސެންޓުން ވަނީ ކަރަންޓު ކެނޑިފައެވެ.

"ހުރިހާ އެއްޗެއް ގެއްލިއްޖެ،" ޖަމޭކާގެ ރައްވެއްސަކު ހިތާމަ ފާޅުކުރިއެވެ.

ހެއިޓީގެ ދެކުނު ސަރަހައްދުގައި 31 މީހުން މަރުވެ، 21 މީހުން ގެއްލި އަދި އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ދޭން ޖެހިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

"އަހަރެމެންނަށް އަދި ޔަގީން ކުރެވުނީ 19 މަރު ނަމަވެސް އެ އަދަދު މިއަދު ބަދަލުވާނެ ކަމަށް ބަލައިގެން މި ތިބީ،" ޖަމޭކާގެ އިންފޮމޭޝަން މިނިސްޓަރު ޑޭނާ މޮރިސް ޑިކްސަން އިއްޔެ ވިދާޅުވިއެވެ.

ކިއުބާއަށް ވެސް މަލިސާ އެރިއެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އެހެނަސް 735،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *