އައްޑޫ ސިޓީއަށް ކަރަންޓަށް އިއްޔެ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސިޓީން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުން މައްސަލަ ހައްލުކޮށް އެ ސިޓީގެ ހުރިހާ ރަށްތަކަށް އަލުން ކަރަންޓް ދީފިއެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ކަރަންޓް ދެމުން އަންނަ ބޮޑު ޖަނަރޭޓަރަކަށް ދިމާވި މައްސަލަ ދެނަގަނެ ހައްލުކުރީ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ.
ފެނަކައިން އަދި ބުނީ އައްޑޫ ސިޓީގެ ކަރަންޓްގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި މިކުންފުނީގެ ފަރާތުން މައާފަށް އެދެމެވެ." ފެނަކައިން ބުންޏެވެ.



advertisment