Support Us

ބަނގްލަދޭޝުން ފިއްލަވައިގެން އިންޑިއާގެ ހިމާޔަތް ހޯއްދެވި ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ (ވ) އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއެކު

މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހަން އަމުރެއް ނުކުރަން، މާފަކަށް ނޭދޭނަން: ޝައިހް ހަސީނާ

ގާތްގަނޑަކަށް 1،400 މީހުން މަރުވި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑިޖަހަން އަމުރު ނުކުރައްވައި ކަމަށް ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ވިދާޅުވެއްޖެއެވެ.

ބަނގްލަދޭޝްގެ ޝަރީއަތުގައި މިހާރު ދަނީ އޭނާއާ ދެކޮޅަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއީ ބަނގްލަދޭޝްގެ ބޮޑު ވަޒީރުކަމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވައި، އިންޑިއާއަށް ފިލައިވަޑައިގަންނަވަން ޖެހިވަޑައިގަތް މުޒާހަރާތަކުގައި ބައިވެރިވި ދަރިވަރުންނާއި އާއްމުންގެ ގަޔަށް ބަޑިޖަހައި މަރައިލުމުން އެ ކަން ހޫނުވުމުގެ ސަބަބުންނެވެ.

އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައި.ސީ.ޓީ)ގައި އޭނާއާ ދެކޮޅަށް ކައިރިވަމުންދާ ކޭސްއަކީ "އިންތިހާބު ނުކުރާ ސަރުކާރަކުން އޭނާއާ ދެކޮޅަށް ކުރިއަށްގެންދާ ފޭކު މައްސަލައެއް" ކަމަށާއި މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް މަރުގެ އެތިފަހަރެއް އަންނަ ފަދަ ގޮތަކަށް ފިޔަވަޅު އަޅަން އަމުރު ކުރެއްވި ނަމަވެސް ބަޑިޖަހަން ނާންގަވާ ކަމަށް ހަސީނާ ވިދާޅުވިއެވެ. އަދި މިހެންވެ އޭނާގެ ބޮލުގައި އިލްޒާމް ނޭޅުވޭނެ ކަމަށާއި މަރުގެ އެތިފަހަރެއް އަޔަސް ހަރުކަށި ފިޔަވަޅު އަޅަން ކުރެއްވި އަމުރަށް މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވިއެވެ.

"އަހަރެން މަގާމުން ދުރުކުރަން އަހަރެންނާ ދެކޮޅަށް ކުރެވުނު ހުރިހާ ކަމެއް އަހަރެންނާ ދެކޮޅު މީހުން ކުރާނެ،" ހަސީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ގައުމެއްގެ ގޮތުގައި، ގެއްލުނު ކޮންމެ ކުއްޖަކަށް، އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންނަށް، ދެބެންގެދެދަރި ކުދިންނަށް އަދި ރަހްމަތްތެރިންނާމެދު ހިތާމަކުރާ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *