Support Us

މޯލްޑިވްސް ރޯޑް ރޭސްގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް ހޮސްޕިޓަލް

މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ވެވުނު މި ޕާޓްނަރްޝިޕްގެ ތެރެއިން، އޮކްޓޯބަރު 24 ގައި ބޭއްވުނު މި ހަރަކާތުގައި މެޑިކަލް ޚިދުމަތްތައް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދީފައެވެ.

ރޯޑް ރޭހުގައި 4,500 އަށްވުރެ ގިނަ ބައިވެރިން ވާދަކުރިއެވެ. މި ރޭހުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ރޭސްތައް ކުރިއަށް ގެންދިޔައެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޓީމުތައް މައި މެޑިކަލް ޓެންްޓް، އަދި ޓްރިއާޖް ޓެންޓުގައި، އެމްބިއުލަންސްގެ ޚިދުމަތާއެކު ފުރިހަމަ މެޑިކަލް ކަވަރޭޖް ފޯރުކޮށްދީފައިވެއެވެ. މިރޭހުގެ ކުރިން 21 އާއި 22 އޮކްޓޯބަރުގައި ބޭއްވޭ ބިބް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ހިލޭ ސިއްހީ ޗެކަޕްގެ ހިދުމަތް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދީފައެވެ." ޓްރީ ޓޮޕުގެ ބަޔާނެއްގައިވެއެވެ.

"ދިވެހިރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށާއި މުޖުތަމަޢުގެ އެކުވެރިކަން އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާއެކު ވެވުނު މި ޕާޓްނަރޝިޕްއަކީ ބައިވެރިންގެ ރައްކާތެރިކަމަށް ދެވޭ އިސްކަމުގެ ހެއްކެކެވެ."

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

"މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ."