Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާ ބަހައްޓާފައި ހުރި ޖަލު ގޮޅީގައި ފަންކާއެއް، އެނދެއް، ބާލީހެއްވެސް ނެތް: ރިޕޯޓް

ސުޝާންތްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ރިއާ ޗަކްރަބަތީ ބަހައްޓާފައި ހުރީ މުމްބާއީގެ އަންހެނުންނަށް ހާއްސަ ޖަލެއް ކަމަށްވާ ބައިސުލާ ޕްރިޒަންގެ ވަކި ގޮޅިއެއްގައެވެ. މިގޮޅީގައި ފަންކާއެއް، އެނދެއް އަދި ބާލީހެއްވެސް ނެތް ކަމަށް އެން.ޑީ.ޓީ.ވީ އިން ރިޕޯޓްކުރއެވެ.

މީގެ އިތުރުން، ރިއާގެ ގޮޅިއާ ޖެހިގެން ހުރި ގޮޅީގައި ބަހައްޓާފައި ހުރީ އަމިއްލަ އަންހެން ދަރިފުޅު މަރާލުމުގެ ކުށުގައި ޖަލަށްލާފައިވާ އިންދިރާނީ މުކަރްޖީއެވެ.

މައުލޫމާތު ލިބޭގޮތުގައި ރިއާ ނިދުމަށްޓަކައި ކުނަލެއް ވަނީ ދީފައެވެ. އަދި ކޯޓުގެ ހުއްދަ ލިބިއްޖެނަމަ ކުޑަ ފަންކާއެއް ލިބޭނެ ކަމަށްވެއެވެ.

ރިއާ ވަކިން ގޮޅިއެއްގައި ބަހައްޓާފައި ހުރީ ރިއާގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރަށެވެ. އެއީ ސުޝާންތްގެ މަރުގެ މައްސަލައިގައި މައި ކުށްވެރިއެއްގެ ގޮތުގައި ރިއާ ހުރުމާއެކު، އެންމެންގެ ސަމާލުކަން އޭނާއަށް އޮތުމުންނެވެ. އަދި ޖަލުގެ އެހެން ކުށްވެރިންގެ ހަމަލާއަކާ ރިއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތުމުންނެވެ.

ބައިސޫލާ ޖަލުގައި މިދިޔަ މަސްތަކުގައި ކޮވިޑް-19ގެ ބައެއް ކޭސްތައް ރިކޯޑް ކުރެވިފައިވެއެވެ. މިކަމާ ގުޅިގެން އެ ޖަލުގެ ކުށްވެރިންނަށް ކިރާއި ރީނދޫ ދޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ރިއާ ޖަލަށްލާފައި ވަނީ މަޝްހޫރު ފިލްމީ ތަރި ސުޝާންތްގެ މަރާ ގުޅިގެން އޭނާއަށް މަސްތުވާ ތަކެތި ފޯރުކޮށްދިން ކަމުގެ ކުށުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *