Support Us

ސްރީ ލަންކާގައި އެހެން އަހަރެއްގައި ފެންބޮޑުވެފައި

ބޯކޮށް ވާރޭވެހި ލަންކާގައި 3 މަރު

ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ތިން މީހުން މަރުވެއްޖެ ކަމަށް އަވައްޓެރި ސްރީ ލަންކާއިން މިއަދު ބުނެފިއެވެ.

އެތައް ސަތޭކަ ބައެއް ގެދޮރު ދޫކޮށްފައި ދާން ޖެހުމާއި ފަސްގަނޑު ތިރި ހިސާބުތައް ދޫކޮށްފައި ދިއުމަށް އިންޒާރު ވެސް ދީފައިވާނެ ކަމަށް، 20،000 ދިވެހިން ވެސް ދިރިއުޅޭ ލަންކާގެ ކާރިސާތަކާ ބެހޭ މަރުކަޒުން ބުންޏެވެ.

"(ކޯރު ފެން ރައްކާކުރައި) ރިޒަވޮޔާތައް ބަންޑުންވެ އަދި ބައެއް މަގުތައް ވަނީ ދަތުރު ނުކުރެވޭ ހާލަތުގައި. އަހަރެމެން ބާރުއަޅަނީ ރައްޔިތުން އުސް ހިސާބުތަކަށް ބަދަލުވުމަށް،" ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީ.އެމް.ސީ)ގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލި ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދިނީ ހުޅަނގާއި މެދުތެރޭ ޕްރޮވިންސްތަކުގެ އިތުރުން ސަބަރަގަމުއައަށް ވެސް 75 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

"އަހަރެމެން މިހާރު އިސްކަން ދެނީ މީހުންގެ ފުރާނަ ސަލާމަތްކުރަން. ފެންގަނޑު ދަނީ ހަލުވި ދުވެއްޔެއްގައި އުފުލެމުން. އަދި މިހެންވެ އެބަޖެހޭ އަވަހަށް ފިޔަވަޅު އަޅަން،" އެންމެ ބޮޑަށް އަސަރުކޮށްފައިވާ ރަތުނަޕުރަ ޑިސްޓްރިކްޓްގައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *