Support Us

ލަންކާގައި 2 މަރު، އިތުރަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފި

ގާތްގަނޑަކަށް 20،000 ދިވެހިން އުޅޭ އަވަށްޓެރި ލަންކާގެ މޫސުން ގޯސްވެ، ދެ މީހުން މަރުވެފައި ވަނިކޮށް، މިއަދު މެންދުރު ފަހުން ފެށިގެން އިތުރަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފިއެވެ.

ދެ މީހުން މަރުވީ ބޯކޮށް ވާރޭ ވެހި، ގަދައަށް ވައި ޖެހުމުގެ ސަބުބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާތްގަނޑަކަށް 100 މިލިމީޓަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް އެ ގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ލަފާކުރީ މޫސުން މައިގަނޑު ގޮތެއްގައި ގޯސްވާނެ ކަމަށް ބަލައިފައެވެ.

އެ ގޮތުން ބޯކޮށް ވާރޭ ވެހޭނެ ސަރަހައްދުތަކަކީ ހުޅަނގާއި ސަބަރަގަމުއަ، މެދުތެރެ، ހުޅަނގުއުތުރު އަދި ދެކުނުގެ ޕްރޮވިންސްތަކެވެ.

"ދެ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު ކުރިއަށް އޮތް މަދު ނަމަވެސް ދުވަސްތަކުގައި ނުރައްކާތެރި މޫސުމީ ހާލަތްތައް ކުރިމަތިވާނެ،" އޮފިޝަލަކު ބުންޏެވެ.

ކާރިސާތައް މެނޭޖްކުރާ މަރުކަޒުން ބުނީ 187 އާއިލާގެ 740 މީހުންނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން 152 ގެއަށް ވެސް ގެއްލުންވެފައިވެއެވެ.

މި ވަގުތު ލަންކާގެ ގިނަ ޑިސްޓްރިކްޓްތަކަށްވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ އެމްބާ ސަމާލު ނެރެފައެވެ. އެއީ އެންމެ ނުރައްކާތެރި ރަތް ސަމާލަށްވުރެ ދަށް ސަމާލެކެވެ.

ކަނޑުމަތީގައި ގަޑިއަކު 55 އާއި 65 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި، މަސްވެރިކަމާއި އައްސޭރިފަށުގެ ހަރަކާތްތަކުގައި މަސްއޫލު ނުވުމަށް ވަނީ ބާރުއަޅައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *