ރަޝިއާއިން ޔޫކްރެއިން އެއްކޮށް ހިފުމަށް ކުރަމުންދާ ހަނގުރާމަ ނިންމައިލުމުގެ މަޝްވަރާ ކުރެއްވުމަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރެއްވުމަށް ހަންގެރީގައި ބާއްވަން ހަމަޖެއްސި ބައްދަލުވުން ފަސްކޮށްފިއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުން މިހާރު އޮތީ "ޝެއްކެއްގެ ތެރޭގައި" ކަމަށެވެ.
"އަވަސް ކުރިމަގެއްގައި ޓްރަމްޕް ޕުޓިންއާ ބައްދަލުކުރައްވާކަށް ނުރާއްވަވައި،" ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވަރަށް ގޮއްލަރުކޮށް ބުންޏެވެ.
"(ބައްދަލުކުރެއްވުމަށް ވަގުތު ކަނޑައަޅުއްވައި) ރޭވުމެއް ފުރަތަމައިން ވެސް ހަމައެއް ނުޖައްސަވައި. ރޭވުންތެރިކަން ބޭނުންވޭ ސީރިއަސްކޮށް ތައްޔާރުވުމަށް،" ރަޝިއާ ސަރުކާރުގެ ތަރުޖަމާނަކު ބުންޏެވެ.
ބައްދަލުކުރެއްވުމާ ގުޅޭ ތަފުސީލުތައް ދެއްވަން ޓްރަމްޕް ދެކޮޅުހެއްދެވިއެވެ.
"ބޭކާރު ބައްދަލުވުމެއް އަހަރެން ބޭނުމެއް ނޫން. ވާ ގޮތް ބަލަން އަހަރެން މަޑުކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ޕުޓިން އާއި ޓްރަމްޕްގެ ބައްދަލުވުން ފަސްކުރުމަށް މި ދިމާވީ ޔޫކްރެއިނަށް ރަޝިއާއިން ދެމުންދާ ހަމަލާތައް ހުއްޓައިލައިނެ ގޮތްތަކާމެދު ބޮޑެތި ހިލާފުތަކެއް އުފެދުމުންނެވެ.
ރަޝިއާއިން ބޭނުންވަނީ ޔޫކްރެއިންގެ ޑޯންބޭސް ސަރަހައްދު ހިފައިށެވެ. ނަމަވެސް ޔޫކްރެއިން އާއި އެމެރިކާއިން ބޭނުންވަނީ ރަޝިއާ އާއި ޔޫކްރެއިންގެ ސަފުތައް މިހާރު ތިބި އިންތަކާ ހިސާބުން ހަނގުރާމަ ހުއްޓައިލައިށެވެ.



advertisment