Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާގެ އިތުރުން 5 މީހެއްގެ ބެއިލަށް ކޯޓުން ދެކޮޅުހަދައިފި

ފިލްމީ ތަރި ސުޝާންތްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ރިއާ ޗަކްރަބަތީގެ ބެއިލްއަށް މުމްބާއީ ކޯޓުން ދެކޮޅު ހަދައިފިއެވެ. މިއަދު ބޭއްވި އަޑުއެހުންތަކުގައި ރިއާގެ އިތުރުން، އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ ހިމެނޭހެން ފަސް މީހެއްގެ ބެއިލްއަށް ކޯޓުން ވަނީ ދެކޮޅުހަދާފައެވެ. މި އެންމެންނަކީވެސް ސުޝާންތުގެ މަރާއި، މަސްތުވާ ތަކެއްޗާ ގުޅިގެން  ހައްޔަރުކޮށްފައިވާ ހަ މީހުންނެވެ.

ބެއިލްއަށް ހުއްދަ ނުލިބުނު މީހުންގެ ތެރޭގައި ރިއާގެ ދެބެއިން ނުލާ ހިމެނެނީ އަބަދުލް ބާސިތު، ޒައިދް ވިލަތްރާ، ދިޕޭޝް ސަވާންތް އަދި ސެމުއެލް މިރާންޑާ އެވެ.

އެން.ސީ.ބީ އިން ތިން ދުވަހުގެ ސުވާލުކުރުމަށްފަހު ރިއާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭނާގެ ބޭބެ ޝޯވިކް އާއި ސުޝާންތްގެ އިތުރު ދެ ރަހްމަތްތެރިން މިދިޔަ ހަފްތާ ތެރޭގައި ހައްޔަރު ކޮށްފައިވެއެވެ.

ރިއާ މިހާރު ވަނީ އެހެން ކޯޓެއްގައި ބެއިލްއަށް އެދިފައެވެ. އޭނާ ބުނާގޮތުން ސުޝާންތްގެ މަރަކީ އޭނާގެ ކުށެއް ނޫނެވެ. އަދި މި މައްސަލައިގައި ކޯޓުގައި އޭނާ ސިފަކޮށްދީފައި ވަނީ ގޯސްކޮށެވެ.

މަސްތުވާތަކެތީގެ ނުފޫޒު އޮތްކަމުގެ ހެކި ލިބުމާއެކު އީޑީއިން އެން.ސީ.ބީއަށް މައްސަލަ ހުށަހަޅާފައިވެއެވެ. މިގޮތުން މަސްތުވާ ތަކެތި ހޯދާ، ފޯރުކޮށްދީ އަދި އޭގެ ބޭނުންކުރިކަން ރިއާގެ ވަޓްސްއެޕް މެސެޖްތަކުން އެނގިގެން ގޮސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *