މިތާ އޮންނަންޖެހޭ ދީނެއް މިތާ މީހުން ނަކަށް ނޯޅޭނެ
"އެތާ މީހުން" ބުނާ ދީނެއް މިތާ އޮންނާކަށެއް ނުޖެހޭނެ
މިތާ "ގާނޫނަކީ ޤުރްއާން" މިތާއޮތް ދީނަކީ އިސްލާމް،
މިތާ މީހުންނަކީ މުސްލިމް "އެތާ މީހުން"ނަކާ ނުބެހޭނެ
މިތާނގެ އަދުލު އިންސާފާ މިތާނގެ ޝަރީއަތާ ޙުކުމާ،
"އެތާ މީހުން" ބެހެންވީމާ މިތާ "އޮތް ދީން" މިތާ ރޯން ނާނެ
މިތާ ގާނޫނު ތައް ހެދުމަށް ތިބޭނީވެސް މިތާ މީހުން،
"އެތާ މީހުން" ބުނާ ގޮތަކަށް މިތާ ގާނޫނު ހަދަން ނުޖެހޭނެ
މިތާ އޮތް ޖުޑިޝަރީ އިޞްލާޙް ކުރާނީ ހަމަ މިތާމީ މީހުން
"އެތާ މީހުން" މިތާ އޮތް ޖުޑިޝަރީއަށް، ބާރުވެސް ނުހިނގާނެ
މިތާ ހާލަތު އެ ވަގުތެއް ގައި މިތާތިބި ބަޔަކުނަށް ނޯޅޭނެ،
"އެތާ މީހުން" އައިސް ގެންނެއް މިތާ ޙާލަތު ބަދަލު ނުވެ ވޭނެ
މިތާވެސް ދައުލަތެއް މިއޮތީ އަމިއްލަ ބަހާއި، މިނިވަންކަން،
"އެތާ މީހުން" މިތާ ދަފްތަރު ތަކަށް ގިނަ ވާކަށެއް ނުޖެހޭނެ
މިތާނގެ ޝަރީޢަތާ ޙުކުމާ މިތާ ދީނާ އުޅެންވީ ގޮތާ
"އެތާ މީހުން" ބުނަން ނުޖެހޭނެ މިތާ ގުރްއާނުގައި އޮންނާނެ
