އޭމަލާ އަހަރެންގެ، ފޮޅިލާށޭ މަގޭގެ ވުޖޫދު ގައި
ދޭހުގައި މިލުމެއް ނުވާހެން ދާއިމީ ފިނި ހިޔަލުގައި
މުޅި އުމުރު މިވަނީ ވަގުފު ވެވިފާ ޢަބީރުގެ ހައްގު ގައި
ގުޅި ދެނޭވާ އެކުވެދާހެން ހުވަދުލާށޭ ޖައްވު ގައި
ގުލްޝަނުން މިނިވަންކަމާ އެކު ހުޅުވަމުން ފިޔަތައް ވަޔާ
ބުލްބުލާ އެއްފަދައަކުން ލަވަތައް ކިޔާށޭ އުފަލުގައި
ހުރަހަކާ މަނައެއް ނުވާ މީ މަންޒިލޭ ދެހިތުގެ ހިމޭން
ކުރަހަމުން ބޭނުން ތިބާ ޗާޓެއް ފަވާށޭ ދެފުށުގައި
ވަހުމުގައި ދޫ ބަރުވެގެން ލަފުޒެއް ނުބާއްވާ ސިފަނުކޮށް
ޖެހިލުމެއް ނެތި ހުށަހަޅާށޭ އޮތް ވަސިއްޔަތް ސިއްރުގައި
ލޭފައިން ވީހިނދު ވަގޮށްޖެހި ގުދުރަތުން ދެހިތާ ދެހިތް
އޭމަލާ ރޫޅައި ނުލާށޭ ބުލްބުލުގެ މި ހަޔާތުގައި
ވަކިވުމުގެ ޒަހަރުން ވެދާ މަރު މާނަވީ ވިހަ ޚަންޖަރުން
ގަތުލު ނުކުރާށޭ ނަފުސު ދުވަހަކު އަތުން ތިޔަ ގަސްދު ގައި
ޚިޔާލު:
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު އަރަބި ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވާ (ޔާޒަހްރަތީ) މި ޅެން.