އޭ ކަނޑާއޭ ބާނިލާ، ތިޔަހެން ނުރޯށޭ ގިސްލަމުން
އޭގެ ވޭނުން އަހަރެމެން ރޮއްވައި އިތުރު މޮޅިކަންދެމުން
ކަރުނަތައް ފޮރުވާށެ ދިރުވައިލާށެ އަވަހަށް އަރުތެރޭން
މަރުގެ މޫނޭ ސިފަވަނީ، އެ ބިމެއް މި ދޫކޮށް އައި ބިމުން
އަހަރެމެންގެ ވަޒަންކަމަށް ގެދޮރާއި ގެ ކަމަށް ދިރިއުޅޭން،
މިހިރަ އުފުލާ ރާޅުތައް ވެއްޖޭ އެނގޭހެ މި ޢާލަމުން
ނެތް ބިމެއްގައި އެއްގަމެއްގައި އަހަރެމެންނަށް ހިންޗިއެއް،
ނެތް މިނޫން އެއްވެސް އުނގެއް ވަންނާކަށެއް ދުވެއައިސް ރޮމުން
އޭ ކަނޑާއޭ އަހަރެމެން ފެނި ކަރުނަ ނާޅާށޭ ލޮލުން
ދޭ ރޮމުން ހިލަވެސް ބިމުގެ އެކަމަކު ވެރީން ނަށަނީ ހެމުން
ކޮންމެ ރަށަކީ ބަންދު ރަށެކޭ މި ތިބަހައި މެހުމާނުނަށް،
ކޮންތަނެއް؟ އުޑުފިޔަވައޭ ދޭ މަރުޙަބާ އިއްވައިދެމުން