ކްރިމިނަލް ކޯޓް ހިންގުން އެންމެ ފަހު ދެ ފަހަރު ވެސް ހަވާލުކޮށްފައި ވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ އުސޫލާ ހިލާފަށް ކަމަށް ހައިކޯޓްގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާން ވިދާޅުވެއްޖެއެވެ.
ޝުޖާއު އުޘްމާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި އަދި ފަނޑިޔާރު އާދަމް މުހައްމަދާ ވެސް ކްރިމިނަލް ކޯޓް ހިންގުން ވަގުތީ ގޮތުން ހަވާލްކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލާ ހިިލާފަށް ކަމަށެވެ.
އަދި އެ ދެ ބޭފުޅުންނާ ކްރިމިނަލް ކޯޓް ހަވާލުކުރުން އެއީ މަގާމުގެ ނުފޫޒް ބޭނުން ކުރައްވައިގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދާ ދިނުމެއް ނޫންތޯ އައްސަވައި ޝުޖާއު ވަނީ ސުވާލްކުރައްވާާފައެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު އާދަމް މުޙައްމަދު ވެސް ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ޙަވާލުކޮށްފައިވާނީ ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް!!!
މިކަމަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމެއް ނޫންތޯ؟؟؟ pic.twitter.com/1ko7hINf83— Shujau Usman (@ShujauU) September 10, 2020
ޝުޖާއުގެ ޓްވީޓްގައި ވަނީ ކޯޓްތައް ހިންގެވުން ފަނޑިޔާރުންނާ ހަވާލުކުރުމުުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުން ބައެެއްވެސް އާއްމުކުރައްވާފައެވެ. އެ އުސޫލުގައި ބުނެފައި ވަނީ ފަނޑިޔާރުންނާ ކޯޓްގެ ހިންގުން ހަވާލްކުރާނީ އެވަގުތަކު އެކޯޓްގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.
ކްރިމިނަލް ކޯޓް ހިންގެވުމާ މީގެކުރިން ހަވާލްވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓް ހިންގެވުން ފަނޑިޔާރު އާދަމް މުހައްމަދާ ހަވާލްކުރެއްވިކަން ޖުޑީސަލް ސާރވިސް ކޮމިޝަނުން ޢިއުލާން ކުރުމާ ގުޅިގެެން އެކަމާ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަން އަލީ ރަޝީދަށް ލިބިވަޑައިގެންނެވީ ކުރީގެ ފަނޑިޔާރު އަހްމަދު ހައިލަމް ސަސްޕެންޑްކުރުމާ ގުޅިގެންނެވެ.



advertisment