އޭނާގެ ވާ ހަނދާނުން މިހިތާ މޭ އަދު ފުރީމޭ
ވޭނާ އުދާސްތަކުންދޭ މިބަޔާން ދެން ދޭހުށީމޭ
ގަސްތައް ބިމުން ފަޅައިގެން އައިހާ ހިތުގެ މިލީއޭ
ވަސް މާމަލުން އެދިންހާ އަބަދަށްޓަކައި ފިލީއޭ
ވަސްވާހުން ހިތުގެ އުފެދޭ މަސްތެއްވެފާ ހުރީމޭ
އިރު ހަނދު އުޑާ ފިލީހޭ ތަރިތައް ނިވައިވެލީހޭ
ފިރުމާލި ހުދުވިލާތައް ކެރި ވާރެއިން ފުރީހޭ
ކަރުނޭ ދެން އުޑުގެ ވެހެނީ ފުރިގެން ދެލޯ ހުރީމޭ
ލޭގާ ނެތޭ ޖަހާނޭ ވިންދެއް އަލުން މިހާލުން
މޭގާވަނީ ޚިޔާލޭ އުފެދޭ މަރުގެ މިސާލުން
ނޭވާއިން މިހިނދު ނެރެދޭ ޙުކުމެއް އަހަން ހުރީމޭ
