Support Us

"ޞުލްޙައިގެ ނޫސްވެރިން" ތަމްރީނު ޕްރޮގްރާމް އައިއެމްސީޓީސީން ފައްޓައިފި

ޓެރަރިޒަމާ ދެކޮޅު، މެދުމިނުގެ ވިސްނުންތަކާއި ތަޙައްމަލުކުރުމާ ބެހޭ މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ޤާބިލިއްޔަތުކަން އިތުރުމުގެ ތަންރީނުކުރުމުގެ ޕްރޮގްރާމެއް މާލޭގައި ފަށައިފިއެވެ.

"އެނަލިސިސް އޮފް އެކްޓްރީމިސްޓް ޑިސްކޯސް، ހޭޓް ސްޕީޗް އިން ދަ ޑިޖިޓަލް މީޑީޔާ: ސްމާޓް ކައުންޓަރިން ޓޫލްސް އެންޑް ޓެކްނޮލޮޖީސް" ގެ ނަމުގައި، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ފެށި މި ޕްރޮގްރާމްގައި މީޑިޔާއާއި ތަޢުލީމީ މުއައްސަސާތައް ތަމްސީލުކުރާ 30 މީހަކު ބައިވެރިވެއެވެ.

މި ޕްރޮގްރާމް އިފްތުތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ދިފާޢީ ވުޒާރާގެ ނައިބު ފާޠިމަތު މިޒްނާ ޢަލީ އާއި، މަދަނީ އަދި ޢަސްކަރީ އިސް ބައެއް ބޭފުޅުން ވަޑައިގަތެވެ.

"މި ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ، ނޫސްވެރިންނާއި، މީޑިޔާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް ޑިޖިޓަލް ކޮންޓެންޓް އެނަލައިޒްކޮށް، ހަރުކަށި ފިކުރުގެ ވާހަކަތަކާއި، ޑިޖިޓަލް މާޙައުލުތަކުގައި ނަފްރަތު އުފެއްދުމުގެ ވާހަކަތައް ހުންނަ ގޮތް ދެނެގަތުމާއި، އެ ކަންތައްތައް ޙައްލުކުރުމަށް ބުއްދިވެރި ޕްރޮފެޝަނަލް މެތަޑްތައް ބޭނުންކޮށްގެން ކޮންޓެންޓް އެނަލިސިސް އާއި، ދޮގު ޚަބަރުތަކުގެ މަޞްދަރު ހޯދުމާއި، ޒަމާނީ ޑިޖިޓަލް ވެރިފިކޭޝަން ޓޫލްތައް ބޭނުންކުރުމަށެވެ. ހަމަ އެހެންމެ، ހަރުކަށި ފިކުރުގެ ވާހަކަތަކުން ކުރާ ނަފްސާނީ އަދި އިޖްތިމާޢީ ނޭދެވޭ އަސަރުކަތަކާ މެދު ހޭލުންތެރިކަން އުފެއްދުމަށާއި، މީޑިޔާ ރިޕޯޓްރަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ޒިންމާދާރު ތަޙްލީލީ ރިޕޯޓްތައް ލިޔުމުގައި ބައިވެރިންގެ ހުނަރު އިތުރުކޮށް، ފިކްރީ އަދި އިޖްތިމާޢީ ސެކިއުރިޓީ ޤާއިމްކުރުމަށް އެފަދަ ރިޕޯޓްތައް ލިޔާނެ ގޮތުގެ ހުނަރު އިތުރުކުރުމަކީ މި ޕްރޮގްރާމްގެ އަމާޒެކެވެ." އައިއެމްސީޓީސީގެ ބަޔާނެއްގައި ވެއެވެ.

"މި ތަމްރީނު ޕްރޮގްރާމުގައި ކުރިޔަށް ގެންދިއުމަށް ރާވައިފައިވާ މައުޟޫޢުތަކުގެ ތެރޭގައި، ހަރުކަށި ފިކުރާއި، ހޭޓް ސްޕީޗް ހުންނަ ގޮތް ގެނެގަތުމާއި، އޭގެ ސްޓްރަކްޗަރ އާއި، މަޤްޞަދުތައް އެނަލައިޒްކުރުމާއި، މީޑީޔާ ޕްލެޓްފޯމްތަކުގައި ސްޕީޗް އެނަލައިޒްކުރުމަށް ބޭނުންކުރެވޭ ޓެކްނިކަލް އަދި ޑިޖިޓަލް ވަސީލަތްތައް ހުންނަ ގޮތް ދެނެގަތުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މީޑިޔާގައި ކުރެވޭ ނަތީޖާ ނެރެވޭ ކަހަލަ ކަންތައްތައް މެދުވެރިކޮށް ޑިޖިޓަލް މީޑިޔާ ގައި ހޭޓް ސްޕީޗް ފެތުރުން ކުޑަކުރުމަށް މީހުންނާ މުޚާޠަބުކުރުމަށް ބޭނުންކުރެވިދާނެ ބުއްދިވެރި ޓެކްނިކްތަކާއި، ބެސްޓް ޕްރެކްޓިސްތައް ހިމެނެއެވެ."

މި "ޕީސް ޖާނަލިސްޓްސް" ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ދިފާޢީ ވުޒާރާގެ ނައިބު މުޒްނާ ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމަކީ، އައިއެމްސީޓީސީ އާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އާ ދެމެދު އޮތް އެއްބާރުލުމުގެ ހެއްކެކެވެ. އަދި ހަރުކަށި ފިކުރާ ކުރިމަތިލުމުގެ ޤާބިލިއްޔަތުކަން އިތުރަށް ކުރިއެރުވުމަށް ޓަކައި ސަޢުދީ ޢަބިޔާގެ ސަރުކާރުން ދޭ އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

އެކަމަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި، ހޭޓް ސްޕީޗް ހުއްޓުވުމަށް ޓަކައި މީޑިޔާ އަށް ކުޅެވިދާނެ ދައުރު ފުޅާކުރުމާއި، ޞުލްޙަވެރި ކަމުގެ ސަޤާފަތެއް އުފެއްދުން ހިމެނެއެވެ. އަދި ހަމަ އެއާއެކު، ޚަބަރުތަކުގެ ތެދުކަމާއި، ތެދުދޮގު ބެލުމަކީ އިސްލާމީ ޤިޔަމުތަކެކެވެ. ނައިބު ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ މުއައްސަސާތަކަށް އެހީތެރިވުމަށާއި، ހަރުކަށި ފިކުރާއި ނަފްރަތްތެރިކަމާ ދެކޮޅު މުޖްތަމަޢުތައް ބިނާކުރުމަށް އައިއެމްސީޓީސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވަމުންނެވެ.

"މި ޕްރޮގްރާމް ތަންފީޒުކުރެމުން މި ދަނީ، އައިއެމްސީޓީސީ އިން ލޯންޗުކޮށްފައިވާ މުވާޞަލާތުކުރުމުގެ އިސްތިރާޖީ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މިއީ، މީޑީޔާ އާއި، ހޭލުންތެރިކުރުވުމާއި، ތަޢުލީމުގެ ދާއިރާތަކުގައި، މެމްބަރު ޤައުމުތަކުގެ މެދުގައި ޤާބިލިއްޔަތުކަން އުފައްދައި، ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. އެއީ، ޓެރަރިޒަމް އާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ ފިކުރިއްޔާތާއި، މީޑިޔާ މަސައްކަތްތައް އެއްބައިވަންތަކުރުމާއި، ޤައުމުތަކުގެ މެދުގައި ޞުލްޙައާއި، އެކީގައި އުޅުމުގެ ސަޤާފަތެއް އާލާކުރުމުގައި އައިއެމްސީޓީސީ ގެ ތަޞައްވުރަށް ވާޞިލުވުމަށެވެ." އައިއެމްސީޓީސީގެ ބަޔާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *