Support Us

ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ އަށް ޕީ.އެޗް.ޑީ ސްކޮލަރޝިޕަކާއި އެއް ލައްކަ ރުފިޔާ

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެއްވަނަ އަށް ދާ ފަރާތްތަކަށް ޕީ.އެޗް.ޑީ އާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށް ޚާއްޞަ ސްކޮލަރޝިޕެއް ދެއްވުމަށާއި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ނިންމެވިކަން އިޢުލާނުކުރައްވާފައިވަނީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް، މިއަހަރުން ފެށިގެން ހައްދަވާނެކަމުގައި މިދިޔަ އަހަރު ބޭއްވެވި ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ބޮޑަށް ހިތްވަރު ދޭންޖެހޭނީ، އަދި އެންމެ ބޮޑެތި އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމުގައި ވިދާޅުވެފައިވެއެވެ.

މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީއެޗްޑީއާ ހަމަޔަށް ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އަދި މުޅި މުބާރާތުން ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން، މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެއެވެ.

މިއަހަރުން ފެށިގެން މި އިނާމުތައް ދެއްވުމަށް ކަނޑައެޅުއްވިއިރު، މުބާރާތުގެ އެހެނިހެން އުމުރުފުރާތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަކޮށް، އަގުވެސް ބޮޑުކުރައްވާ ގޮތަށް ވަނީ ނިންމަވައިފައެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *