Support Us

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ

ރުހިއްޖެއްޔާ ތެލާއި ފެނާ، އެކީ އެއްވާ ކަމަށްވެސް ވާނެ
ގުދެއް ލާފައި ބަޅެއް އޮތަކަސް އެއީ ތެދު އެއްޗަކަށްވެސް ވާނެ

ރުހިއްޖެއްޔާ ރުހޭމީހާ ހަދާ ކާތަކެތި ހިލަ ހެފުނަސް
ރުހުން އޮތުމުމުން، ކެވޭ "ޕިރިނީ " ކަމަށް ނޫނީ ހިތަށް ނާރާނެެ

ރުހިއްޖެއްޔާ އެއީދަގަނޑާއި، ދަބަރާ، ރަން ކަމަށް ބެލެވޭނެ
ހަބަރުގައި ހުންނަ ހިތިކަން އެންމެފޮނި މާމުތް ކަމަށްވެސްވާނެ

ރުހިއްޖެއްޔާ ދުވާ ކުނިވަސް ނުބަައި ވަހަކަށް އެވަސް ނުމެ ވާނެ
ދުވާ ކަސްތޫރި ވަސްކަމުގައި މިނޫން އިޙްސާސް ވެސް ނުމެވާނެ

ރުހިއްޖެއްޔާ ބުޅާ، މީދާ، އެއީވެސް، މިތުރުނަށް ބެލެވޭނެ،
އުޅޭއިރު ދައި ގަތަސް ގައިގާ، ކުރާ ލޯތްބެއް ކަމަށް ބުނެފާނެ

ރުހިއްޖެއްޔާ އެއީ އޭނާ ކުރިން ހަތުރެއް ކަމަށް ވިޔަކަސް
މުޅިން ޚާލިސް އެއީ ހިތް ހެޔޮ ވަފާތެރި މިތުރަކަށް ވެސް ވާނެ

ރުހިއްޖެއްޔާ ޚިޔާނާތާއި، މަކަރާ، ޙީލަތާ، ވައްކަން
މުޅިން ހުޝިޔާރު މޮޅު، ކުޅަދާނަ ، ލީޑަރެކޭ! އެއީ ބުނެފާނެ

ރުހިއްޖެއްޔާ، ފުރާ ފެން ހަރުނުލައި، މައްޗާ، ފުލާ ނެތިފައި،
ބުނާ ބަހަކާ ދިމާ ނުތްވަސް އެއީ ފެޝަނެއް ކަމަށްވެސް ވާނެ

ރުހިއްޖެއްޔާ ރުހޭމީހާ މިހާރު ކުރާ ނުބައި ކަމަކާ،
ކުރިން ކުރިހާ ނުބަ ކަމަކާ އެކީ " ޝަރަފުގެ މެޑެލް" ލިބިދާނެ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *