Support Us

ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 23 ގައި ހިންގި މި އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވާ ކަމަށެވެ. އަދި ކުށްކޮށްގެން ހޯދައިފައިވާ ކަމަށް ތުހުމަތުކުރެވޭ 4،500 އަށްވުރެ ގިނަ ރުފިޔާ ވެސް ފެނިފައިވާ ކަމަށެވެ.

މި މައްސަލައިަގއި ހައްޔަރުކުރި މީހުން:

  1. އަޙްމަދު ސައްފާން، 26، މާވަސްގެ، ށ. ފޭދޫ
  2. ޝާނާ، 32، ހމ. މާވަހަރު
  3. ފާރޫކް ޗޮކީދާރު، 50، ބަންގްލަދޭޝް
  4. ސަފިކް، 40، ބަންގްލަދޭޝް

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ 10 ދުވަހަށް އަދި ދެން ތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *