ރާގު: ޒަރަ ސޫން ހަސީނަ އެ ނާޒުނީ…
ޔާރައްބަ! އަޅަމެން އެދުމަކީ ޤައުމަށް އަމާންކަން ދެއްވެވުން (2)
ޙާލަތު ދިމާވާހައި މުޞީބާތުން ނަޖާކޮށް ދެއްވެވުން
އަޅަމެންގެ ތެރެއިންވާ ބަޔަކު އެ ކުރާ ނުބައިވީ ކަންކަމުން (2)
( އަޅަމެންގެ ތެރެއަށް އަންނަ ބޮޑު 2) ކޯފާއަކަށް ނުމެލެއް ވެވުން
ފާޙިިޝްކަމާ ޝިރުކުގެ މަގުން މަގުފުރެދިފައިވާ ހިތްތަކަށް (2)
(ޙާޞިލް ކުރަން އެންގެވި މަގަށް 2) ﷲ ތެދުމަގު ދެއްކެވުން
އިޙްސާން ކަމާ އީމާން ކަމާ ބަލިކަށި ނުވާނޭ ޢަޒުމަކުން (2)
( ފިޠްރަތުގެ ސީދާކަންމަތީ 2) ސާބިތު ވުމުގެ މަގު ދެއްްކެވުން
އިތުބާރު ގެއްލި އެދާގޮތުން ހިތުގައި ޙަސަދަ އުފެދޭ ގޮތުން (2)
(މިތުން ވަކިވެ ބައި ބައި ވެދާ 2) ޙާލަތު ދިމާ ނުކުރެއް ވެވުން
އަޅަމެންގެ އުޅުމާ ގުޅުމަށާ އަަޅަމެންގެ ނިޔަތާ އަދި ދުލަށް(2)
(އަޅަމެންގެ މަތިވެރި ދީނުގައި 2) އެންގެވި މަގުން މަގު ދެއްކެވުން
ގުގުރާ ވިދާ، އަދި ހޮނުއަޅައި ބިންހެލި، ކަނޑާ، ފަޅު ކެކި އަރަައި (2)
(ހުޅު ރޯވެެ އަަލިފާނުން އަދައި 2) ކޯފާ، މިފަދަ ނުފޮނުއް ވެވުން
މަތިވެރި އިލާހީ ޙަޒްރަތުން ޤުރްއާނުގައި އެންގެވިމަގުން (2)
(މަތިވެރި ޢަދާލަތު އަޅަމެނަށް 2) ޤާއިމު ވެވޭ މަގު ދެއްކެވުން
އެކި އެކި ބަލާޔާ އަދި މުޞީބާތާއި ކުރިމަތިވާ ގޮތަށް (2)
(އެކި އެކި ޢަމަލު އަޅަމެންގެ ހުރި 2) ނަމަ ތެދުމަގަށް މަގު ދެއްކެވުން
އަޅަމެންގެ އެނގުމާ ނޭނގުމުން ކުރެވޭ ޢަމަލު ކުށް ފާފައިން (2)
(ތައުބާވެ! އަސްތަޣްފާރު ކޮށް 2) އުޅުމުގެ ނަޞީބެއް ދެއްވެވުން
