އަރައިގެން އިރު ހަޔާތުގެ އައިހިނދުން ހުޅުވާލެވުނު މިދެލޯ
މަރާލަން ފުރުސަތެއް ނުމެދީ ބަލާށަހުރީ ވިދާ އެދެލޯ
ގަހާގެހި ފޯދިގެން މިހިތުން މެލާމެލިމާ ފޮޅުނު މޫސުން
ބަހާރުގެ ފަރިކުރީ މިމެދަށް ވަހާ ކުލަޔާ ގުޅާލި ދެލޯ
ހަވީރުގެ ފިނި ހިނގާ ރޯޅިން ފަޒާ ޖައްވާ ހިމޭން ކުރިހެން
ޒަމީރުގެ ކުންނުގައި ފިރުމާލަނީ ނަޒަރުން ހިނގާ އެދެލޯ
ނިދާތައް އުފުލަމުން ލޯބީގެ އުދަރެސްތައް އެހާ އަލިކުރި
ވިދާ ތަރިއާ އަމާޒުވެފައި ހުރީ އަބަދަށްޓަކައި އެދެލޯ
ސުވާލާ އަދި ޖަވާބުގެ ހާލަތުން ހެން ނާންނަ ފުށުއެރުމެއް
ދުވާލާ ރޭތަކާ ސުލްހައިގެ ހުޅުވާލީ އަމާން އެދެލޯ
ތިބާގެ ލޮލީ މަގޭ ދެލޮލޭ މަގޭގެ ލޮލީ ތިބާ ދެެލޮލޭ
މިބާބުން މެރުނަކަސް މިދެލޯ ވިދާށި އަބަދު ތިބާގެ ދެލޯ
