ނަބިއްޔާގެ ޒިކުރާ ތުނބުން ފުމެނިވައިލާ
ތަބިއްޔަތު މި ބިމުގައި ހެދޭކަމަކު މޫލާ
ސަމާގައިވި މަތިވެރި ތަރިން ރަން އުޖާލާ
ޒަމާނަށް ވިދާނޭ އަބަދުގައި ވިދާލާ
އަޅުން ބިންމަތީ ޒިކުރު ކުރިކަމަކު ސުފުލާ
ހަޅައިވައިގެ ރާޅާ އޮޔާ ދޭ އެ އުފުލާ
ބަނޫ ހާޝިމާމެދު އުމައްޔަތު ޙަސަދަލާ
މުނާފިރަތު ދަރިފަސްކޮޅަށްފެތުރި ދިގުލާ
މަނާކުރިކަމެއް ގޮސްފި ތެޅި އޭގެ ރެނދުލާ
ފަނާވެއްޖެ ހާހުން އެކަންކަން ފިރާލާ
ވެގެންދިޔަ ގޮތެއް ފިކުރު ކޮށްގެން ބަލާލާ
އެނގެން އޮތްކަމެއްވީ ކުރާށޭ ދުރާލާ
